ހަބަރު

ދޮގު ހަދާ މީހުން ދެނެގަތުމަށް އުގައިލް ހެދި ޓެކްނޮލޮޖީ ކޮމިޝަނަށް

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް، ދޮގު ހަދާ މީހުން ދެނެގަތުމުގެ ޓެކްނޮލޮޖީވެސް ދޭން ޕްރޮފެސަރު ހަސަން އުގައިލް ނިންމަވައިފި އެވެ.

ޕްރޮފެސާރ އުގައިލް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، އޭނާ އީޖާދު ކުރި މޫދު ދެނެގަތުމުގެ ޓެކްނޮލޮޖީގެ އިތުރުން ދޮގު ހަދާ މީހުން ދެނެގަންނަ ޓެކްނޮލޮޖީ ވެސް މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކަށް އެހީތެރިވެދިނުމަށް ދޭން ނިންމާފައިވާ ކަަމަށެވެ.

އުގައިލް އިތުރަށް ވިދާޅުވީ، މައްސަލަތަކުގެ ހަގީގަތް ދެނެގަތުމަށް ނުފޮރަޅައި އެންމެ ގާ ކޮޅެއްވެސް ބާއްވައިގެން ނުވާނެ ކަމަށެވެ. ރައްޔިތުން ބޭނުންވަނީ ހަގީގަތް ހޯދަން ކަމަށެވެ.

އުގައިލް ކުރައްވާފައިވާ ޓުވީޓް

މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނުން އުގައިލްގެ އެހީތެރިކަން ހޯދަން ނިިންމާފައިވާ އިރު، ދާދިފަހުން އެ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފުރާޝީމް އަލީ އަވަހާރަ ކޮށްލި މައްސަލައާއި ގުޅިގެން ދެ މީހަކު ދެނެގަތުމަށް ވީޑިއޯއެއް އާންމުކޮށްފަ އެވެ.