ހަބަރު

"ދީނީ ހަމަނުޖެހުމަކަށް ފުރުސަތެއް ނުދޭނަން"

Jan 24, 2019
2

ރާއްޖޭގައި ހަމަޖެހުން އޮތުމަކީ ރާއްޖޭގެ ތަރައްގީ އަށް މުހިންމު ކަމެއް ކަމަށާއި ދީނީ ހަމަނުޖެހުންތަކަކަށް އެއްވެސް ފުރުސަތެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ އެއްވެސް މީހަކު ހަމަޖެހުން ނަގާލުމަކީ އެދިވަޑައިގަންނަވާ ގޮތް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ގާނޫނުއަސާސީގައި ދީނަކީ ކޮބައިކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި ގާނޫނުތައް ތަންފީޒު ކުރުމުގައި ފަހަތަކަށްޖެހި ވަޑައި ނުގަންނަވާނެ ކަމަށެވެ.

"ދީނީ ގޮތުން ހައްދުފަހަނައަޅައިދާ ކަންތައްތަކަށް ވެސް ފުރުސަތެއް ނުދޭނަން. ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކުރި މަސައްކަތަކީ ވެސް އެއީ. އެކަން އަޅުގަނޑުމެން ކުރިޔަށް ގެންދާނަން،" ރައީސް ވިދާޅުވި އެވެ.