ހަބަރު

ކޮންގްރެސް ޕާޓީ އުފެއްދުމުގެ ހުއްދަދީފި

Jan 24, 2019
4

ޕީޕަލްސް ނޭޝަނަލް ކޮންގްރަސް ޕާޓީ (ކޮންގްރެސް ޕާޓީ) އުފެއްދުމުގެ ހުއްދަ މިއަދު އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ.

ކޮންގްރެސް ޕާޓީއަށް ހުއްދަ ނުދީ، ފޯމްތައް ބާތިލުކުރާ ކަމަށް ބުނާ މައްސަލައިގެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށް އެ ޕާޓީ އުފައްދަން ބާއްވަންޖެހޭ ޖަލްސާ ބޭއްވުމަށް އެ ޕާޓީގެ މުއްސިސު ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ އަށް ދެއްވީ މިއަދު މެންދުރު ފަހު އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދާ ކޮންގްރެސް ޕާޓީއަށް ހުއްދަ ނުދީ ފޯމްތައް ބާތިލު ކުރަމުންދާ މައްސަލަ ހޫނެވެފައި އޮތް އިރު އީސީން ބުނެފައި ވަނީ އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި އެއްވެސް ޕާޓީއަކާމެދު ތަފާތު ކުރުމެއެް ނުގެންގުޅޭ ކަމަށެވެ.

މި ހުއްދަ މިއަދު ދެއްވި އިރު ކޮންގްރެސް ޕާޓީގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަަސާތަކުގެ ކޮމެޓީއަށް ވެސް ވަނީ ހުށަހަޅާފައެވެ. އަދި އެ މައްސަލާގައި މަޖިލިސް 24 ގަޑި އިރު ހުޅުވައިގެން ނަމަވެސް އެ މައްސަލަ ހައްލު ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.