ހަބަރު

ސަރުކާރު އޮފީސްތަކުގެ މަސައްކަތް ބަލާ ކޮމެޓީއަށް ފަސް ބޭފުޅުން

Jan 24, 2019
7

ސަރުކާރު އޮފީސްތަކުގެ މަސައްކަތްތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، "ޕްރެޒިޑެންޓް އެކްޝަން ކޮމިޓީ"ގެ ނަމުގައި ކޮމެޓީއެއް ހަދައި ފަސް ބޭފުޅުން ހަމަޖައްސަވައިފި އެވެ.

ޕްރެޒިޑެންޓް އެކްޝަން ކޮމިޓީއަށް އައްޔަނުކުރެއްވި ފަސް ބޭފުޅުންނަކީ، މއ. ޑާޗާ އަލީ ހާޝިމާއި، މއ. މާދެލި މަހްމޫދް ރާޒީ އާއި، މއ. ކޮށީގޭ ޖުވައިރިޔާ ސައީދާއި، ވ. ސިނަމާލެ 4 05-02 މަރްޔަމް ރިފްނާއާއި، ގ. ކްރީމްގޭ ޒުރުވަތު އަބްދުލް މާޖިދުއެވެ.

މިއަދު ހަވީރު ރައީސް އޮފީހުގައި މި ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އެ ކޮމިޓީގެ ލަފާ އެމަނިކުފާނު ބޭނުންފުޅުވާ ކަންކަމުގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކުން ރައީސްއަށް ހުށަހަޅާ އެކިއެކި މައްސަލަތަކުގެ ތެރެއިން ރައީސް ކޮމިޓީއަށް ފޮނުއްވާ މައްސަލަތައް ދިރާސާކުރުމާއި އެ މައްސަލަތަކާމެދު އަޅަންވީ ފިޔަވަޅުތަކާއި، އެ މައްސަލަތަކާމެދު އަމަލުކުރަން ފެންނަގޮތުގެ ލަފާ ރައީސްއަށް އެރުވުމާއި، ނިމިދިޔަ ސަރުކާރުގައި ސިޔާސީ ސަބަބަކަށްޓައި ވަޒީފާއިން ވަކިކޮށްފައިވާ މީހުންނާބެހޭ ކަންކަން ނިންމުމުގައްޔާއި، ސަރުކާރަށް ކުރިމަތިވާ މި ނޫންވެސް އެހެނިހެން ކަންތައްތަކުގައި އެ ކޮމިޓީގެ ލަފާ ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ.