ހަބަރު

ނާޒިމް ދިއްގަރު ދާއިރާއަށް ވާދަ ކުރައްވަނީ

ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ދިއްގަރު ދާއިރާއަށް ކުރިމަތިލުމަށް ނިންމަވައިފި އެވެ.

ފިޔާތޮށި ކުލައިގެ ކެމްޕެއިން ޕޯސްޓަރަކާއެކު ނާޒިމް މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބުގައި ދިއްގަރު ދާއިރާއަށް ކުރިމަތިލާން ނިންމަވާފައިވާ ކަމަށާއި އެ ދާއިރާގެ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ވަފާތެރިވާނެ ކަން އެއީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.

މިދިޔަ ރައްޔިތުންގެ މަޖިލީހުގައި ވެސް ނާޒިމް ތަމްސީލް ކުރެއްވީ ދިއްގަރު ދާއިރާ އެވެ. ނަމަވެސް އޭނާގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައި އޮތުމުން އޭނާގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި އެވެ. އޭގެ ފަހުން އެ ދާއިރާ ތަމްސީލު ކުރައްވަނީ ރައިސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނެވެ.

ސުޕްރީމް ކޯޓުން މިހާރު ވަނީ ނާޒިމަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ބާތިލުކޮށްފަ އެވެ.