ހަބަރު

ރައީސް ސޯލިހު ލ. އަތޮޅަށް ފުރާވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅަކީ ލ. ގަމުގައި ޓީއެފްޖީ އިން ބާއްވާ މެރެތަން ދުވުން ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި މެރަތަންގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެ ދަތުރުފުޅުގައި އެ އަތޮޅު ފޮނަދޫއަށް ވެސް ޒިޔާރަތް ކުރައްވާ އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތެއްގަ އެވެ.