ހަބަރު

ޓީއެފްޖީ މެރަތަންގައި ރައީސް ފައްޓަވައިދެއްވައިފި

Jan 25, 2019

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ޓީއެފްޖީ މެރަތަން ރަސްމީކޮށް ފަށްޓަވައިދެއްވައިފި އެވެ.

އެމަނިކުފާނު މެރަތަން ފަށްޓަވައިދެއްވީ ލ. އަތޮޅުގެ ބައެއް ރަށްރަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ގަމުގައި މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މެރަތަން ފެށްޓެވުމުގެ ރަސްމިއްޔާތަށްފަހު ރައީސް ސޯލިހް ވަނީ ޒޯން ސްޓޭޑިއަމާއި ޔޫތް ސެންޓަރު ބައްލަވައިލައްވައިފައެވެ.

ރައީސް ލ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅުގައި އަތޮޅުގެ ބައެއް ކައުންސިލްތަކާއި ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.