ހަބަރު

ރައީސްގެ ދެކަނބަލުން ފަސް ކިލޯ މީޓަރު ދުވުމުގައި ބައިވެރިވެވަޑައިގެންފި

Jan 26, 2019
1

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު ހެނދުނު އޮތް ޓީއެފްޖީ ފަސް ކިލޯމީޓަރު ދުވުމުގައި ބައިވެރިވެވަޑައިގެންފިއެވެ.

އެމަނިކުފާނުގެ ދެކަނބަލުންގެ އަރިހުގައި ގިނަ އަދަދެއްގެ ދުވުންތެރިންވެސް މި ދުވުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަރަކާތަކީ ޓީއެފްޖީގެ ފަރާތުން އިންތިޒާމްކޮށްގެން ލ. ގަމުގައި ބޭއްވި ދުވުމުގެ ބޮޑު ހަރަކާތެކެވެ.

ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވުމުގެ ގޮތުން ރައީސް ސޯލިހު ލ. އަތޮޅަށް އިއްޔެ ވަޑައިގެންފައިވާއިރު އިއްޔެ އެމަނިކުފާނު ވަނީ ޓީއެފްޖީ ދުވުން ފައްޓަވައިދެއްވާފަ އެވެ. އަދި، މެރަތަން ފެށްޓެވުމުގެ ރަސްމިއްޔާތަށްފަހު ރައީސް ސޯލިހް ވަނީ ޒޯން ސްޓޭޑިއަމާއި ޔޫތް ސެންޓަރު ބައްލަވައިލައްވައިފައެވެ.

ރައީސް ލ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅުގައި އަތޮޅުގެ ބައެއް ކައުންސިލްތަކާއި ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.