ގާދޫ

ފޮނަދޫއަށް ބަދަލުވި ގާދޫ މީހުނަށް ބޯހިޔާވަހިކަން ލިބޭނެ: ރައީސް

Jan 26, 2019
2

ލ. ގާދޫއިން ފޮނަދޫއަށް ބަދަލުކޮށްފައިވާ އާއިލާތަކާ ރައީސުލްޖުމްހޫރިއްުޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރައީސް ސޯލިހުގެ ލާމު ދަތުރުފުޅުގައި ގާދޫން ފޮނަދޫއަށް ބަދަލުވި މީހުނާ ބައްދަލު ކުރެއްވުމުން އެމީހުންގެ ދިރިއުޅުގެ ހާލަތު ބަޔާންކޮށް ދަތިވެފައިވާ ކަންކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރި އެވެ.

އެ މީހުންގެ ވާހަކާގައި އެންމެ ދަތިވެފައިވަނީ ބޯހިޔާވަހިކަމުގެ މަސަލަ ކަން ފާހަގަކޮށް އެކަން ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނަ އެވެ.

ގާދޫއާ ބެހޭ ހަބަރުތައް

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ގާދޫން ފޮނަދޫއަށް ބަދަލުވި މީހުނަށް ދިމާވެފައިވާ މައްސަލަތައް ވީހާ އަވަހަކަށް ހައްލުކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

ގާދޫ މީހުން ފޮނަދޫއަށް ބަދަލު ކުރީ ޖެނުއަރީ 18، 2016 ގައެވެ. ގާދޫ ރައްޔިތުންނަށް ފޮނަދޫގައި އެޅީ 85 ގެއެވެ. ގާދޫގައި އޭރު ތިބީ 108 އާއިލާ އެކެވެ.