ހަބަރު

ލާމަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

Jan 26, 2019
1

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ލ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ލ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ޒިޔާރަތުގައި ވަނީ ލ. ގަމުގައި ޓީއެފްޖީގެ ފަރާތުން ބޭއްވި މެރެތަން ދުވުން ރަސްމީކޮށް ފަށްޓަވައި ދެއްވައިފައެވެ. މީގެއިތުރުން ރައީސްގެ ދެކަނބަލުން މިއަދު ވަނީ މެރެތަންގެ ފަސް ކިލޯމީޓަރު ދުވުމުގައި ބައިވެރިވެ ވަޑައިގެންފައިވެ އެވެ.

ދެ ދުވަހުގެ މި ދަތުރުފުޅުގައި ރައީސް އިއްޔެ ވަނީ ގަމު ޒޯން ސްޓޭޑިއަމާއި ޔޫތް ސެންޓަރު ބައްލަވައިލައްވައިފައެވެ. އަދި އެ ރަށު ކައުންސިލް އިދާރާ އާއި ހޮސްޕިޓަލަށް ރައީސް ޒިޔާރަތް ކުރެއްވި އެވެ.

އޭގެ އިތުރުން މިއަދު ވަނީ ފޮނަދޫއަށް ވަޑައިގެން އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއު ވެސް ބައްލަވާލައްވާފަ އެވެ.