ހަބަރު

ނޭޝަނަލް ޕޭ ކޮމިޝަނަށް ބޭފުޅުން އައްޔަން ކުރައްވައިފި

Jan 27, 2019
2

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ނޭޝަނަލް ޕޭ ކޮމިޝަން ގައި މިހާތަނަށް ތިއްބެވި ބޭފުޅުން ވަކި ކުރައްވައި، އެ ކޮމިޝަނަށް އާ ބޭފުޅުން އައްޔަނު ކުރައްވައިފި އެވެ.

ޕޭ ކޮމިޝަނަށް އައްޔަން ކުރެއްވީ ހ. ނީލަމް މަރްޔަމް ނިޔާފް މުޙައްމަދާއި ވިލިމާލޭ، މިންނަތު، އަފާފް އިބްރާހިމް އަލިދީދީ އާއި ހދ. ހަނިމާދޫ ރޯނުގޭ، އަބްދުﷲ އަލީ އާއި މ. ލަންސިމޫގޭ ފާތުމަތު ޝާނާ ފާރޫގެވެ.

ނޭޝަނަލް ޕޭ ކޮމިޝަން ގެ ނައިބު ރައީސް ކަމަށް ހަމަޖައްސަވާފައިވަނީ މަރްޔަމް ނިޔާފެވެ.