ހަބަރު

ސަރުކާރުގެ ލިޔުންތަކުގައި މިނިވަން 05 އަހަރުގެ ލޯގޯ އާއި ޝިއާރު ބޭނުންކުރަން ރައީސް އަންގަވައިފި

އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސަރުކާރުގެ ރަސްމީ ލިޔުންތަކުގައި މިނިވަން 50 އަހަރުގެ ލޯގޯ އާއި ޝިއާރު ބޭނުންކުރަން ރައީސް އަބްދުﷲ ޔާމީން އަންގަވައިފި އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީން ސޮއި ކުރައްވާ އިއްޔެ ނެރެފައިވާ ދެންނެވުމެއްގައި ވަނީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ މުއްދަތަށް ސަރުކާރުގެ ހުރިހާ ސިޓީތަކާއި ލިޔުންތަކުގައި މިނިވަން 50 އަހަރުގެ ލޯގޯ އާއި ޝިއާރު ބޭނުންކުރަން ރައީސް އަންގަވާ ކަމަށެވެ. އަދި ސަރުކާރުގެ އެކި އިދާރާތަކުން ހިންގާ ހަރަކާތްތަކުގައި ވެސް އެ ލޯގޯ އާއި ޝިއާރު ބޭނުންކުރަން ވެސް އެ ދެންނެވުމުގައި އަންގާފައިވެ އެވެ.

މީގެ އިތުރުން އެ ލޯގޯ އާއި ޝިއާރުގެ ތަތްގަނޑު ހެދުމާ ބެހޭގޮތުން ހޯމް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް މައުލޫމާތު ދޭނެ ކަމަށް ވެސް ދެންނެވުމުގައިވެ އެވެ.