އެޓާނީ ޖެނެރަލް

އިލެކްޓްރިސިޓީ އެއްބަސްވުން ތަސްދީގު ކުރަން ނިންމައިފި

ރާއްޖެއިން ސާކް ފްރޭމްވޯކް އެގްރީމެންޓް ފޯ އެނާޖީ ކޯޕަރޭޝަން (އިލެކްޓްރިސިޓީ) ތަސްދީގު ކުރަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ. މި ނިންމުން އައީ އެޓާނީ ޖެނެރަލްގެ ލަފާޔާއެކު އެވެ.

ރައީސް އޮފީހުން މިއަދު ބުނީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ސާކުގެ އެހެން ގައުމުތަކެކޭ އެއްފަދައިން، ފަންނީ އަދި ޓެކްނޮލޮޖީ ގޮތުން މަންފާ ކުރާނެ ކަމަށެވެ. އަދި އިއާދަކުރަނިވި ހަކަތައިގެ ބާވަތްތައް ބޭނުން ކޮށްގެން އުފައްދާ ކަރަންޓް ވިއްކުމަށާ ގަތުމަށް ފަސޭހަވާނެ ކަމަށެވެ.

މި އެއްބަސްވުން ތަސްދީގު ކުރަން ނިންމި އިރު ރާއްޖޭއަކީ އިއާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން ކަރަންޓް އުފައްދާ ގައުމަކަށް ހަދަން އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ މަސައްކަތް ފަށާފަ އެވެ.