ކޮކާ ކޯލާ

ކޮކާކޯލާ ލޯންގް ރަން އެޕްރީލް 19ގައި ބާއްވަނީ

ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން އިންތިޒާމް ކުރާ، "ކޮކަކޯލާ ލޯންގް ރަން" އަންނަށް އެޕްރީލް މަހުގެ 19 ވަނަ ދުވަހު ބާއްވާގޮތަށް ހަމަ ޖައްސައިފި އެވެ.

މިއަދު ހަވީރު މާގިރި ހޮޓަލް ގައި ކޮކަކޯލާ ލޯންގް ރަން އިފްތިތާހު ކުރުމުގެ ރަސްމިއްުޔާތުގައި ޓީއެފްޖީގެ ހެޑް އޮފް ކޯޗިން އެންޑް ޓްރެއިނިން ހުސެއިން ޒިނާން ބުނީ ހުޅުމާލޭގައި ކުރިއަށްދާ މެރެތަން ގައި ދުވަން ހަމަޖެހިފައިވާ މަގުތަށް ފަހުން އިއުލާންކުރާނެ ކަމަށެވެ އަދި މެރެތަން ފެށުމަށް ހަމަޖެހިފައިވަނީ އެޕްރީލް 19 ވަނަ ދުވަހު 2:00 ގައި ކަމަށެވެ.

ޒިނާން އިތުރަށް ބުނީ ހާލްފް މެރެތަން ފަށާނީ އެދުވަހު 5:20 ގައި ކަމަށެވެ. އަދި 10 ކިލޯމީޓަރުގެ މެރަތަން ހަމަ އެދުވަހު ހަވީރު 6:20 ގައި ފަށާއިރު ފަސް ކިލޯމީޓަރުގެ މެރެތަން ދުވުން އެރޭ 7:20 ގައި ފަށާނެ ކަމަށެވެ. އޭނާ ބުނި ގޮތުގައި މިފަހަރު ބާއްވާ މެރެތަންގައި 1500 އާއި 2000 ދެމެދު މީހުން ބައިވެރިވާނެ އެވެ،

ހުޅުމާލޭގައި ބާއްވާ މިމެރެތަންގައި ބޭރުގެ ދެ މެރެތަން ދުވުން ތެރިން ކަމަށްވާ މުހައްމަދު އަލީ އާއި ލީ ގްރަންތަމް ބައިވެރިވާނެކަން އޭނާ މިއަދު އިއުލާން ކުރެއްވި އެވެ.

މެރެތަންގައި ބައިވެރިވާ މުހައްމަދު އަލީ އަކީ ޔޫރަޕްގެ ނެދަލޭންޑު މެރަތަން ދުވުން ތެރިއެކެވެ. އަދި ލީ ގްރަންތަމް އަކީ އިގިރޭސިވިލާތަށް ނިސްބަތްވާ މެރެތަން ދުވުން ތެރިއެކެވެ.

ހުލުމާލޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މެރަތަންގެ ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް މާކެޓިން އެން ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ވަނީ ޕާޓްނަރެއްގެ ގޮތުގައި ސޮއިކޮށްފަ އެވެ. އެމްއެމްޕީއާރްސީ ގެ މެނޭޖިން ޑިރެކްޓާ ތޮއްޔިބު މުހައްމަދު ވިދާޅުވީ މިފަދަ މެރެތަންތަކުގެ ސަބަބުން ލޯކަލް ޓޫރިޒަމް ކުރިއަރައިގެން ދާނެ ކަމަށެވެ.