ސަންޖޭ ސްދިރް

ރާއްޖޭގައި ހުންނަ އިންޑިއާގެ އާސަފީރަކަށް ސަންޖޭ ސުދީރް

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްްވާ އާ ސަފީރަކަށް ޝްރީ ސަންޖޭ ސުދީރް އައްޔަން ކުރައްވައިފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް އިން ނެރުނު ބަޔާނެއްގައިވަނީ، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާ ސަފީރުގެ ގޮތުގައި އެ ގައުމުގެ މިނިސްޓްރީ އޮފް ޕެޓްރޯލިއަމް އެންޑް ނެޗުރަލް ގޭހުގެ ޖޮއިންޓް ސެކްރެޓަރީ ޝްރީ ސަންޖޭ ސުދީރް އައްޔަން ކުރައްވާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެ ވަޑައިގަންނަވާނެ ކަަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ސަންޖޭ ސުދީރް ވަނީ 1993 ވަނަ އަހަރު އިންޑިއާގެ ފޮރިން ސާވިސްގައި މަސައްކަތް ކުރައްވާފަ އެވެ. ޖޮއިންޓް ސެކެޓަރީ އަދި ހެޑް އޮފް އެކްސްޓާނަލް އެފެއާޒްގެ މަގާމުވެސް ފުރުއްވެވި އެވެ. އޭނާ މިނިސްޓްރީ އޮފް ޕެޓްރޯލިއަމް އެންޑް ނެޗުރަލް ގޭހުގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމާ ހަވާލުވެ ވަޑައިގަތީ 2012 ވަނަ އަހަރު އެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެއްގެ ގޮތުގައި މިހާރު ހުންނެވީ އަކިލޭޝް މިޝްރާ އެވެ. އޭނާ އެ މަގާމާ ހަވާލުވެ ވަޑައިގަތީ 2015 ވަނަ އަހަރު އެވެ.