މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ރެހެންދި އެވޯޑަށް ފުރުސަތު ހުޅުވާލައިފި

ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ޖެންޑާ މިނިސްޓްރީން ހުޅުވާލައިފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި އެހެން ފަރާތްތައް އެވޯޑަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި އެވޯޑަށް އޮފީސްތަކާއި މުއައްސަސާތަކުން ވެސް ކުރިމަތިލެވޭނެ ކަމަށެވެ.

ރެހެންދި އެވޯޑަކީ ރައްގީއަށާއި ގައުމުގެ ލާބަޔާ މަންފާއަށް ހިދުމަތް ކޮށްދީފައިވާ އަންހެނުންގެ އަގުވަޒަން ކުރުމުގެ ގޮތުން ޖެންޑާ މިނިސްޓްރީން ދޭ އެވޯޑެކެވެ.

އެވޯޑަށް ކުރިމަތިލުމުގެ ފޯމް މިނިސްޓްރީގެ ވެބް ސައިޓުން ލިބޭއިރު އެޕްލިކޭޝަންތަށް ބަލައިގަންނާނީ މިއަދުން ފެށިގެން ފެބްރުއަރީ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.