ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"ޒީރޯ ޕްލާސްޓިކް" ދުވުމުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

Feb 1, 2019
4

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު ހެނދުނު އޮތް "ޒީރޯ ޕްލާސްޓިކް" ދުވުމުގައި ބައިވެރިވެވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އާއި ބައެއް މިނިސްޓަރުން ވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެވަޑައިގެންފަ އެވެ. މީގެ އިތުރުން މި ދުވުމުގެ ހަރަކާތުގައި ގިނަ އަދަދެއްގެ އާންމުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކްގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުންތަކާއިމެދު ހޭލުންތެރި ކުރުވުމުގެ މަގުސަދުގައި ބޭއްވި މިހަރަކާތަކީ އައިސީއެސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ބޭއްވި ދުވުމުގެ ހަރަކާތެކެވެ.