ހަބަރު

ގެއްލިގެން ހޯދަމުންދިޔަ "ޔުނިޓީ" ދޯނި ފެނިއްޖެ

ތޭރަ މީހުންނާއެކު ގެއްލިގެން ހޯދަމުންދިޔަ "ޔުނިޓީ" ދޯނި ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މަހަށް ފުރި ފަހުން ޙަބަރެއް ނުވެގެން ހޯދަމުންދިޔަ ޔުނިޓީ ދޯނީގެ ހަބަރެއް މިއަދު ހަވީރު ވެފައިވާ ކަމަށާއި، އެދޯނި ހއ. ކެލާގެ އުތުރުން 30 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރުމަށްފަހު މާލެއަށް މިހާރު ދަތުރުކުރަމުންދާާ ކަމަށް އެ ދޯނީގެ ވެރިފަރާތުން މިހާރު އެމްއެންޑީއެފަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ޔުނިޓީ ދޯނި މަހަށް ފުރީ ޖެނުއަރީ 25 ވީދުވަހު އެވެ. އެހެން ނަމަވެސް އެދޯނީގެ ހަބަރެއް ނުވެގެން އެމްއެންޑީއެފަށް އެދޯނީގެ ވެރިފަރާތުން ރިޕޯޓް ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.