ހަބަރު

ހަޔާ އެޑިއުކޭޝަނަށް ދެ ނައިބުން ލައިފި

Feb 5, 2019

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ދެ ނައިބަކު އައްޔަން ކުރައްވައިފި އެވެ.

ނައިބުކަން ދެއްވީ ނ. ފޮއްދޫ އާޝިޔާ މަންޒިލް، އިސްމާއީލް ޒަބީހު އާއި ގ. މަންބައު، އާއިޝަތު ޝަފިނާ އަށެވެ.

މީގެ ތެރެއިން ޒަބީހަކީ މީގެ ކުރިން ރައީސް އޮފީހުގެ ސީނިއާ ރިސާޗް އޮފިސާގެ މަގާމް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ޝަފިނާއަކީ ސްރީލަންކާގެ ޔުނިވާސިޓީ އޮފް ކޮލަމްބޯ އިން މާސްޓާ އޮފް ޑިވެލޮޕްމަންޓް ސްޓަޑީޒް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.