ހަބަރު

ރާޖަޕަކްސާ، ރައީސް ސޯލިހުއާ ބައްދަލު ކުރައްވައިފި

ސްރީލަންކާގެ ކުރީގެ ބޮޑު ވަޒީރު އަދި މިހާރު އިދިކޮޅު ލީޑަރު މަހިންދަ ރާޖަަޕަކްސާ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަރިހަށް އިހުތިރާމްގެ ޒިޔާރާތެއް ކުރައްވައިފި އެވެ.

ރައީސް ސޯލިހު ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރާޖަޕަކްސާ އެމަނިކުފާނުގެ އަރިހަށް ޒިޔާރަތް ކުރެއްވީ މިއަދު މެނދުރުގެ ވަގުތެއްގަ އެވެ. އެ ބައްދަލުވުމުގައި ރައީސް ސޯލިހާއެކު ލަންކާއަށް ވަޑައިގެންނެވި މިނިސްޓަރުގެ ވަފުދު ވެސް ބައިވެރިވެވަޑައިގަތެވެ. ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި މަޝްވަރާ ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ ދެ ގައުމު ދެމެދު އޮތް ޒަމާންވީ ގާތް އެކުވެރިކަމާ ބެހޭ ގޮތުން ކަމަށެވެ.

ރާޖަޕަކްސާ ކުރެއްވި ޓްވީޓު

އެ ބައްދަލުވުމަށް ފަހު ރާޖަޕަކްސާ ވެސް ވަނީ އެކަމާ ގުޅޭ ގޮތުން ޓްވީޓު ކުރައްވައިފަ އެވެ. ރާޖަޕަކްސާ ވިދާޅުވީ އެމަނިކުފާނުގެ ޒަމާންވީ އެކުވެރިޔާއާ ބައްދަލުވުމަކީ ލިބުނު ޝަރަފެއް ކަމަށެވެ. އަދި މުސްތަގުބަލުގައި ލަންކާ އާއި ރާއްޖެ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް ރާޖަޕަކްސާ ވިދާޅުވި އެވެ.