ބޮލީވުޑް

ރެމޯގެ ފިލްމަށް ކިޔަނީ "ސްޓްރީޓް ޑާންސާ"

ކޮރިއޯގްރަފަރު ރެމޯ ޑި ސޫޒާ އެެންމެ އަވަހަށް ނެރޭ ފިލްމުގެ ނަމާމެދު ދެބަސްވުންތަކެއް ކުރިއަށް ދަނިކޮށް މި ފިލްމުގެ ނަމަކީ "ސްޓްރީޓް ޑާންސާ" ކަމަށް ކަށަވަރު ކޮށްދީފި އެވެ.

ވަރުން ދަވަން އާއި ޝްރަދާ ކަޕޫރް ލީޑް ރޯލުން ފެންނަ މި ފިލްމުގެ ނަމަކީ، 2013 ގައި އުފެއްދި އެނީ ބަޑީ ކޭން ޑާންސް (އޭބީސީޑީ) ތިނެއް ކަމަށް މީޑިއާ ތަކުން ވަނީ ކުރިން ރިޕޯޓު ކޮށްފ އެވެ. މި ފިލްމުގެ ނަމަކީ "ސްޓްރީޓް ޑާންސާ" ކަން ޔަގީންކޮށްދީފައިވަނީި ފިލްމުގެ ޕްރޮޑިއުސަރު ބުޝަން ކުމާރު އެވެ. ބުޝަން ވަނީ މި ފިލްމުގެ މޯޝަން ޕޯސްޓަރު ޓްވިޓާގައި ރިލީޒްކޮށް މިއީ މި އަހަރު ނެރޭނެ އެންމެ ބޮޑު ޑާންސް ފިލްމު ކަމަށް ބުނެފަ އެވެ.


މި ފިލްމުގައި ވަރުން ދަވަން އާއެކު ލީޑުން ކެޓްރީނާ ކެއިފް ފެންނަން ހަމަޖެހިފައިވަނިކޮށް މި ފިލްމު އޭނާ ދޫކޮށްލީ އެވެ. އަދި ކެޓްރީނާގެ ބަދަލުގައި ޝްރައްދާ ކަޕޫރު މި ފިލްމަށް ނެގީ ޝޫޓިންގ ފެށުމަށް ވަރަށް ގާތް ވެފައި ވަނިކޮންނެވެ.
"ސްޓްރީޓް ޑާންސާ" އިން ވަރުން އާއި ޝްރަދާއާ އެކު ނޯރާ ފަތެހީ، ޕްރަބޫދޭވާގެ އިތުރުން އިންޑިއާ އާއި އިންޓަނެޝަނަލް ކުޅަދާނަ ކުޅަދާނަ ބައެއް ނެށުންތެރިން ފެނިގެން ދާނެ އެވެ.

ބޮލީވުޑްގައި މި އަހަރު ނެރޭނެ އެންމެ ވަރުގަދަ ޑާންސް ފިލްމު ކަމަށް ޕްރޮމޯޓު ކުރަމުންދާއިރު މި ފިލްމަކީ 3ޑީ ފިލްމެކެވެ. ފިލްމު ބެލުންތެރިންނާ ހަމައަށް ފެންނާނީ ނޮވެމްބަރު މަހުގެ 8 ގަ އެވެ.