ވިޔަފާރި

މޯލްޑިވްސް ލިވިން އެކްސްޕޯ ފަށައިފި

ގެދޮރު ގަތުމާއި ގެދޮރު އިމާރާތް ކުރާ، ގިނަ ކުންފުނިތައް ބައިވެރިވާ ބާއްވާ މޯލްޑިވްސް ލިވިން އެކްސްޕޯ ދަރުބާރުގޭގައި މިއަދު ފަށައިފި އެވެ.

ދަރުބާރުގޭގައި ކުރިއަށްދާ މި އެކްސްޕޯ ފައްޓަވައި ދެއްވީ ހައުސިން މިނިސްޓަރު އާމިނަތު އާތިފާ އެވެ.

ހައިރައިޒް އިން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި އިވެންޓުގެ، މި އަހަރުގެ މި އިވެންޓުގެ މެއިން ސްޕޮންސާއަކީ އެލައިޑް އިންޝުއަރެންސެވެ. އަދި ފެއާގެ ކޯ-ސްޕޮންސަރުންނަކީ އަކްއާ ވިޓާ ރެސިޒެޑްންސާއި ސްރީލަންކާގެ ލަގްޒަރީ ޕްރޮޕަޓީ ބްރޭންޑް އަލްޓީ އެވެ.

މިއަދުން ފެށިގެން ތިން ދުވަހަށް ކުރިއަށް ގެންދާ މިއެކްސްޕޯގައި އިމާރާތް ކުރުމުގައި ދާއިރާގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކުންން ބައިވެރިވާނެ އެވެ. މިނިސްޓަރު އާތިފާ ވަނީ އެކްސްޕޯ ފަށައި ދިނުމަށްފަހު، ކޮންމެ ސްޓޯލްއަކަށް ވަޑައިގެން ސްޓޯލްތަށް ބައްލަވާ މައުލޫމާތު އޮޅުން ފިލުވާފަ އެވެ.

ހައިރައިސް އިން ބުނީ މި ފެއާގައި ގެދޮރު އިމާރާތް ކުރާ ފަރާތްތަކުގެ މައުލޫމާތާއި ގެދޮރުގެ އަގުތަށް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށެވެ. އަދި ގެއަށް ބޭނުންވާ އެންމެ ފަހުގެ ސާމާނުތަކުގެ މައުލޫމާތު ވެސް ލިބޭނެ ކަމަށް ބުނެ އެވެ. މި ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ވެސް ދެ އެވެ.