އެލައިޑް އިންޝުއަރެންސްގެ، އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލް އިން 2017 ވަނަ އަހަރުގެ "ތަކާފުލް ބައިވެރިންގެ ފަންޑް"ގެ ފައިދާ ބަހަން ނިންމައިފި އެވެ.
އެލައިޑްގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްފައު އަޔާދީ ތަކާފުލްގެ މެނޭޖަރު ފާތިމަތު ނިޒްމާ ވިދާޅުވީ، 2017 ވަނަ އަހަރުގެ "ތަކާފުލް ބައިވެރިންގެ ފަންޑް" ގެ ފައިދާ ބަހާނީ އެ އަހަރު އަޔާދީ ތަކާފުލްގެ ހިދުމަތްތަށް ނަގަވާފައިވާ ފަރާތްތަކުގެ ތެރެއިން، 2017 ވަނަ އަހަރު ބަދަލު ހޯދުމަށް އެދިފައި ނުވާ ފަރާތް ތަކަށް ކަމަށެވެ. ނިޒްމާ އިތުރަށް ވިދާޅުވީ، ފައިދާ ބަހާނީ ކަސްޓަމަރުން ދައްކަވާފައިވާ ޖުމްލަ ފައިސާގެ ނިސްބަތުން ޖެހޭ އަދަދުން ކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި އެލައިޑް އިންޝުއަރަންސް ކުންފުނީގެ ޖެނެރަލް މެނޭޖާ އިބްރާހީމް ފިރުޝާން ވިދާޅުވީ، މިއަދަކީ އަޔާދީ ތަކާފުލްގެ ކަސްޓަމަރުންނަށް ހާއްސަ ދުވަހެއް ކަމަށާއި، އަޔާދީއަށް ފަސް އަހަރު ފުރުން ގާތްކޮށް ކަސްޓަމަރުންނަސް އުފާވެރި ހަބަރު ތަކެއް ލިބިގެން ދިޔުމަކީ އެލައިޑުން އަޔާދީ ތަކާފުލް އާމެދު ފަހުވެރިވާ ކަމަށެވެ. އަދި އަޔާދީ ތަކާފުލް އިން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ހޯދަމުން އަންނަށް ކާމިޔާބީތަކަށް ތައުރީފު ކުރައްވާ އެގޮތަށް ކުރިއަށް ދިޔުމަށް ފިރުޝާން ވަނީ ހިތްވަރު ދެއްވާފަ އެވެ.
ރާއްޖޭގެ އެއްވަނަ އިންޝުއަރަންސް ކުންފުނި ކަމަށްވާ އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ ކަމަށްވާ އަޔާދީ ތަކާފުލް އަށް ވަނީ ދެ ފަހަރެއްގެ މަތިން އިސްލާމިކް ފައިނޭސްގެ ބައިނަލް އަގްވާމީ އެވޯޑެއް ވެސް ލިބިފަ އެވެ. އަޔާދީ އަށް ލިބިފައިވަނީ އިސްލާމިކް ފައިނޭންސުގެ ދާއިރާގައި ދޭ ޝަރަފުވެރި އެވޯޑެއް ކަމަށްވާ އައިއެފްއެފްއެސްއޭ އެވޯޑެވެ. އަޔާދީ ތަކަފުލްއަށް މި އެވޯޑް ލިބިފައިވަނީ 2017 އަދި 2018 ވަނަ އަހަރު އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒްމާ އިތުރަށް ވިދާޅުވީ މިއަދުން ފެށިގެން 31 މާޗު ނިޔަލަށް ކުރިޔަށްދާނީ ފައިދާ ހޯދުމަށް އެދި ހުށަހަޅާ ފޯމް ބަލައިގަތުމާ ދޫކުރުން ކަމަށެވެ. އޭނާ ވިދާޅުވީ، 2017 ވަނަ އަހަރުގެ އަޔާދީ ތަކަފުލް އިން ހިދުމަތް ހޯއްދެވި ކޮންމެ ފަރާތަކަށްވެސް، އެފަރާތަކަށް ލިބުނު ފައިދާގެ މިންވަރު ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
ނަވާރަ ސަތޭކަ އައްޑިހަފަސް ވަނަ އަހަރު އުފެއްދި އެލައިޑް އިންޝުއަރަންސަށް ވަނީ މި އަހަރު ވަނީ 34 އަހަރު ފުރިފަ އެވެ. އަދި އަޔާދީއަކީ އެ ކުންފުނީގެ ދަށުން ހިންގާ އެންމެ ކާމިޔާބު އެއް ވިޔަފާރި އެވެ.