ހަބަރު

"އިންތިހާބުގެ ކުރިން އެމްއެމްޕީއާރްސީ މައްސަލަ ތަހުގީގު ކުރަން ޖެހޭ"

Feb 10, 2019
6

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކުރިން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލަ ރަނގަޅަށް ތަހުގީގުކުރަން ޖެހޭ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނާ އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ރިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލިސް ނަޒާހަތްތެރި މެންބަރުންތަކެއް ތިބި ތަނަކަށް ހަދަން ބޭނުން ނަމަ އެމްއެމްޕީއާރްސީ މައްސަލަ ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އިންތިހާބުގެ ކުރިން އެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރަން ޖެހޭ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ކުރެއްވި ޓްވީޓު

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ފުލުހުން މިހާރު ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން އެ ކޯޕަރޭޝަންގެ ފައިސާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަމިއްލަ އެކައުންޓަށް ޖަމާވެފައިވި ކަމާއެކު އެ މައްސަލާގައި މުއައްސަސާތަކަށް ދޮގު މައުލޫމާތު ދިން މައްސަލާގައި ފުލުހުން ވަނީ އެމަނިކުފާނުގެ މައްޗައް ދައުވާ ވެސް ކޮށްފަ އެވެ. ފުލުހުން ބުނެފައި ވަނީ ރައީސް ޔާމީން އެ ފައިސާ ބޭނުންވެސް ކޮށްފައިވާ ކަމަށެވެ.