ވިޔަފާރި

ދިރާގުން ހިއްސާއަކަށް 11.91 ރުފިޔާ ބަހަން ހުށަހަޅަނީ

Feb 10, 2019

ވޭތުވެދިޔަ އަހަރު ދިރާގަށް ލިބުނު ފައިދާއިން ހިއްސާއަކަށް 11.91 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާގައި ފާސްކުރަން ހުށަހެޅުމަށް ދިރާގުން ނިންމައިފި އެވެ.

ދިރާގަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 905،160،000 ރުފިޔާ ލިބިފައިވެ އެވެ. ބޯޑުން ނިންމާފައިވަނީ އެ ފައިސާ ހިއްސާއަށް ބެހުމަށެވެ. އެ ނިންމުން އާންމު ޖަލްސާއަށް ހުށަހަޅާނެ އެވެ.

މިދިޔަ އަހަރު ދިރާގުން ވަނީ ހިއްސާއަކަށް 11.81 ރުފިޔާ ބަހާފަ އެވެ. އެހެންކަމުން މި އަހަރު ހިއްސާއަކަށް ލިބޭ މިންވަރު 10 ލާރި އިތުރެވެ.