ވިޔަފާރި

ޑިސެމްބަރު މަހު އިންފްލޭޝަން 0.26 ޕަސެންޓް ދަށަށް

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް، 0.26 ޕަސެންޓް ދަށްވެފައިވާ ކަމަށް ގައުމީ ތަފާސް ހިސާބުގެ އޮފީހުން ބުނެފި އެވެ.

ރާއްޖޭގެ ގައުމީ ތަފާސް ހިސާބުގެ އޮފީސް، ނޭޝަނަލް ސްޓެޑިސްޓިކް ބިއުރޯއިން ނެރެފައިވާ ޑިސެމްބަރު މަހުގެ ހިސާބުތައް ދައްކާ ގޮތުން ނޮވެމްބަރު މަހު އިންފްލޭޝަން ރޭޓް ހުރީ 0.08 ޕަސެންޓުގަ މަތީގަ އެވެ. އަދި މަހުގެ އަގުތަކަށް އައި ބަދަލު ނުލާ ބަލައިފިނަމަ ޑިސެންބަރު މަހުގެ އިންފްލޭޝަން ރޭޓް ވަނީ 0.9 ޕަސެންޓް ދަށްވެފަ އެވެ. މި އަދަދު ނޮވެންބަރު މަހު ހުރީ 0.5 ޕަސެންޓު މަތީގަ އެވެ.

ޑިސެމްބަރު މަހު އަގު ދަށްވި ތަކެތި

  • މަހުގެ ބައިން 2.8 ޕަސެންޓް
  • ވީޑިއޯ އޯޑިއޯ ރެކޯޑް ކުރާތަކެތި 7.65
  • ކިރާއި ޗީޒް އަދި ބިސް 0.80
  • ތަރުކާރީ 1.89
  • ގެދޮރާއި ބޭނުންކުރާ ހަރު މުދާ 1.81
  • ފަރުނީޗަރު 1.5
  • ދުފާ ސާމާނު 2.19
  • އަންނައުނު 0.86
  • ގޯތިގެދޮރުގައި ބޭނުންކުރާ (މޯޓަރު ފަދަ ސާމާނު) 1.19

ޑިސެމްބަރު މަހު މައިގަނޑު ގޮތެއްގައި އަގުތައް މައްޗަށް ގޮސްފައިވަނީ ގޭގެ ކުއްޔެވެ. އެބައިން 0.46 ޕަސެންޓް މަތިވި އެވެ. މޭވާގެ އަގުތައް ވަނީ 2.86 ޕަސެންޓް މަތިވެފަ އެވެ. އަދި ދަތުގެ ފަރުވާގެ ބައިން ވަނީ 16.67 ޕަސެންޓް މަތިވެފަ އެވެ.

ނޭޝަނަލް ސްޓެޑިސްޓިކް ބިއުރޯއިން ބުނި ގޮތުގައި އަހަރުން އަހަރަށް ބަލާއިރު 2018 ގެ ޑިސެންބަރާއި ހަމައަށް އިންފެލޭޝަން ރޭޓް ވަނީ 0.89 ޕަސެންޓް ދަށްވެފަ ވެ. އަދި 2017 ގެ ނޮވެންބަރުން 2018 ގެ ނޮވެންބަރު އަށް ބަލާއިރު އިންފްލޭޝަން ރޭޓް ވަނީ 0.29 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.