ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގު މިދިޔަ ނޮވެމްބަރު މަހު ޖުމްލަކޮށް 1.12 ޕަސެންޓަށް އުފުލުނުއިރު، ކާބޯތަކެތީގެ ބައެއް ބާވަތްތަކުގެ އަގުތައް 1.49 ޕަސެންޓަށް މަތިވެއްޖެ އެވެ.
ގައުމީ ތަފާސް ހިސާބު ބަލަހައްޓާ ވުޒާރާ، ނޭޝަނަލް ސްޓްރެޓެޖީ ފޯ ދަ ޑިވެލޮޕްމަންޓް އޮފް ސްޓެޓިސްޓިކްސް (އެންއެސްޑީސީ) އިން ނެރެފައިވާ މިދިޔަ އޮކްޓޫބަރު މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ގައިވާ ގޮތުން ނޮވެންބަރު މަހުގެ ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 1.12 ޕަސެންޓުގަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މި އަދަދުހުރީ 0.08 ޕަސެންޓް މަތީގަ އެވެ.
މަހުގެ އަގަށް އައި ބަދަލު ނުލައި ބަލާނަމަ އިންފްލޭޝަން ރޭޓްހުރީ 0.13 ޕަސެންޓުގަ އެވެ. އަދި މި އަދަދު އޮކްޓޫބަރު މަހު ހުރީ 0.02 ޕަސެންޓުގަ އެވެ.
އަގު މަތިވި ބައިތައް
- ރެސްޓޯރެންޓް އަދި ކެފޭގެ ބައިން: 1.55+
- ތަރުކާރީ އާއި މޭވާގެ ބައިން: 2.34+
- މޮބައިލް ފޯނާއި މުއާސަލާތުގެ ބައިން: 1.49 +
- އެއްގަމު މަހުގެ ބައިން: 1.95+
- އެހެނިހެން ކާބޯތަކެތީގެ ބައިން: 1.49 +
- ދުންފަތާއި ދުމުގެ ބައިން: 0.67 +
- ކުލީގެ ބައިން : 0.07 +
- އޮޅުކޮއްގެން ގެންގުޅޭ ޖަނަވާރާއި ދޫނިފަދަ ތަކެތީގެ ބައިން : 9.52 +
- ޕާނާއި ސީރިއަލް : 0.14 +
- ކޮންޓްރެކްޓް ލެންސް އަދި ސޮލިއުޝަން : 0.86 +
އަގުދަށްވި ބައިތައް
- މޭވާގެ ބައިން : 3.01 -
- މަހުގެ ބައިން : 0.82 -
- ބޭހުގެ ބައިން : 1.30 -
- ސައިކަލްގެ ބައިން: 0.18 -
ކޮފީގެ އަގު މަތި
މިދިޔަ މަހު ރެސްޓޯރެންޓާއި ކެފޭތަކުން ވިއްކާ ބާވަތްތަކުގެ އަގުތައް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާ ބަލާނަމަ ނޮވެމްބަރު މަހު މުޅި ރާއްޖޭގައި ވެސް ވަނީ 1.49 ޕަސެންޓް އުފުލިފަ އެވެ. އަގުތައް އެންމެ ބޮޑަށް މަތިވެފައިވަނީ ކެފޭ/ ރެސްޓޯރެންޓުގައި ވިއްކާ ކޮފީގެ އަގުތަކެވެ. ކޮފީގެ އަގު ހަތަރު ޕަސެންޓު އުފުލިފައިވެ އެވެ.
ރެސްޓޯރެންޓް/ ކެފޭއިން އަގު މަތިވި ބައިތައް
- ކޮފީގެ އަގު : 4.11 +
- ނާސިގޮރެން: 2.79 +
- ކުޅި ހެދިކާގެ އަގު : 2.26 +
- ޕިއްޒާގެ އަގު : 0.97 +
- ހެނދުނު ނާސްތާގެ އަގު: 0.98 +
ސަރުކާރުން ވަނީ މިދިޔަ އަހަރު އިންފްލޭޝަން މަތިވިނަމަވެސް މި އަހަރު ދަށް ވާނެ ކަމަށް ބުނެފަ އެވެ.