އިންފްލޭޝަން

އެޕްރީލް: އަގު އުފުލުނީ ކިރާއި ބިހާއި މުއާސަލާތުން

މިދިޔަ އޭޕްރީލް މަހު ރާއްޖޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތައް 0.08 ޕަސެންޓަށް އުފުލުނުއިރު، އަގުތައް އެންމެ މަތިވެފައި ވަނީ ބިހާއި ކިރު އަދި މުއާސަލާތުގެ ބައިންނެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) ގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ރިޕޯޓްގައިވާ ގޮތުން މިދިޔަ އޭޕްރިލް މަހުގެ ރާއްޖޭގެ އިންފްލޭޝަން ރޭޓަކީ 0.08 ޕަސެންޓް ދަށުގައި ހުރި ނަމަވެސް މާޗް މަހު މާރިޗު މަހުގެ އިންފްލޭޝަން ރޭޓް ހުރީ 0.20 ޕަސެންޓް ދަށުގަ އެވެ. އަދި މަހުގެ އަގުތަކަށް އައި ބަދަލު ނުލާ ބަލައިފިނަމަ އޭޕްރިލް މަހުގެ އިންފްލޭޝަން ރޭޓް ހުރީ 0.14 ދަށުގަ ގައެވެ. މިއަދަދު ފާއިތުވި މާޗު މަހު ހުރީ0.35 ޕަސެންޓް ދަށުގަ އެވެ.

އަގުތައް އެންމެ މަތިވި ބައިތައް

  • މަހުގެ ބައިތައް 5.36 ޕަސެންޓް
  • ބިހާއި ކިރު 0.56 ޕަސެންޓް
  • މުއާސަލާތީ ހިދުމަތްތަކުގެ ބައިން 16.91 ޕަސެންޓް
  • ތެލާއި ފެޓްސްގެ ބައިން 1.11 ޕަސެންޓް

އެންބީއެސްގެ ސީޕީއައި ގައި އަގުތައް ދަށަށްވާ ބާވަތްތައް ވެސް ފާހަގަ ކޮށްފައި ވެއެވެ.

އަގުތައް އެންމެ ދަަށްވި ބައިތައް

  • ތަރުކާރީގެ ބައިން 6.39 ޕަސެންޓް
  • މޮބައިލް ފޯނުގެ މުވާސަލާތީ ހިދުމަތްތަކުގެ ބައިން 0.42 ޕަސެންޓް
  • ސެކިއުރިޓީ ސާމާނާއި ގެދޮރު މަރާމާތުކުރާ ސާމާނުން 0.72 ޕަސެންޓ
  • އެހެނިހެން ކާބޯތަކެތީގެ ބައިން 0.79 ޕަސެންޓް
  • ދި އެއްގަމު މަހުގެ ބައިން 0.49 ޕަސެންޓް

އެންބީއެސް އިން ބުނެފައިވާ ގޮތުން މި އަހަރުގެ މާޗު މަހާއި އަޅާބަލާއިރު އަދި މި އަހަރުގެ އޭޕްރިލް މަހު މާލެ އާއި އަތޮޅުތަކުގެ އިންފްލޭޝަން ރޭޓް ހުރި ގޮތަށް ބަލާއިރު މާލޭގެ އިންފްލޭޝަން ހުރީ 0.11 ޕަސެންޓުގަ އެވެ. އަދި އަތޮޅުތަކުގެ އިންފްލޭޝަން ހުރީ 0.05 ޕަސެންޓް މަތިވެފަ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އިންޓަނެޓުގެ އަގަށް ޖުލައި މަހު ގެންނަ ބަދަލާއެކު އިންފްލޭޝަން އިތުރަށް ދަށްވާނެ އެވެ. އެމްއެމްއޭއިން އެންމެ ފަހުން ނެރުނު ކުއާޓަލީ ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ރާއްޖޭގެ އިންފްލޭޝަން ވަނީ 0.07 ޕަސެންޓް ދަށްވެފަ އެވެ.