އިންފްލޭޝަން

އަހަރު ދުވަހުން އިންފްލޭޝަން މަތިވީ 0.02 ޕަސެންޓް

ވިހިވިހީގެ ޑިސެމްބަރުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެއް އަހަރުތެރޭ ރާއްޖޭގެ ޖުމްލަ އިންފްލޭޝަން 0.02 ޕަސެންޓް އުފުލިއްޖެ އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާއްމު ކުރި މުދަލާއި ހިދުމަތުގެ އަގު ދައްކުވައިދޭ މިންގަނޑު، ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ގައިވާ ގޮތުން ޑިސެމްބަރު 2020 އިން 2021 ގެ ޑިސެމްބަރު މަހާ ހަމައަށް ބަލާނަމަ އިންފްލޭޝަން ވަނީ 0.02 ޕަސެންޓު އުފުލިފަ އެވެ. އަދި 2020 ގެ ނޮވެމްބަރުން 2021 ގެ ނިޔަލަށް ބަލާނަމަ އިންފްލޭޝަން ވަނީ 0.13 ޕަސެންޓް އުފުލިފަ އެވެ.

ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ވަކިން ބަލާނަމަ ރާއްޖޭގެ ރޭޓްހުރީ 0.07 ޕަސެންޓް ދަށުގަ އެވެ. އަދި ނޮވެމްބަރު މަހު ހުރީ 0.12 ޕަސެންޓު މަތީގަ އެވެ. އަދި މަހުގެ އަގުތަކަށް އައިބަދަލު ނުލައި ބަލައިފިނަމަ ޑިސެންބަރުމަހުގެ އިންފްލޭޝަން ރޭޓް ހުރީ 0.13 ޕަސެންޓް ދަށުގަ ގައެވެ. މި އަދަދު މިދިޔަ އަހަރުގެ
ނޮވެންބަރު މަހު ހުރީ 0.16 ޕަސެންޓުގަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަގުތައް އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ މޮބައިލް ފޯނުގެ މުވާސަލާތީ ހިދުމަތުގެ ބައިންނެވެ. އެ ބައިން 2.24 ޕަސެންޓް އަގު ވެއްޓިފައިވެ އެވެ. އަދި ޑިސެމްބަރު މަހު އަގުތައް އެންމެ ބޮޑަށް އުފުލިފައިވަނީ ކޮންޓެކްޓް ލެންސް އާއި ސޮލިއުޝަންގެ ބައިންނެވެ. މި ބައިން 6.16 ޕަސެންޓް އުފުލިފައިވެ އެވެ.