ރިޕޯޓް

މާޅޮހު މީހުން ވެލާ މަހަށް ދެވިހިފާފައި: ރަށަށް އަރާ ކޮންމެ ވެލައެއް ކާލަނީ!

0%
15.4%
84.6%

 އއ. މާޅޮހު މީހުންނަށް އެންމެ މީރީ ކޮން މަހެއްތޯ ސުވާލުކޮށްލުމުން އެ ރަށުގެ ޒިންމާދާރު ވެރިޔަކު ވިދާޅުވީ "ރަށު މީހުންނަށް އެންމެ މީރީ ވެލާ މަސް" ކަމަށެވެ.

އޭނައާ މި ސުވާލުކުރަން ޖެހުނީ ސޯޝަލް މީޑިއާގައި މިއަދު އެނބުރެމުން ދިޔަ ފޮޓޯތަކަކާ ގުޅިގެންނެވެ. ވެލައެއްގެ ހަތަރެސްފައިގައި ވާ ޖަހައި ބަނދެލުމަށް ފަހު އޭތީގެ ބަނޑު ފަޅާލައިގެން މަސްތައް ކަފަމުން ބިސްތައް ހޮވަމުން ގެންދާ "ރަހުމްކުޑަ" މަންޒަރު ދައްކުވައިދޭ ފޮޓޯތަކެކެވެ.

މާޅޮހު ރަށްވެހީންގެ މި އަމަލު މައްސަލަ އަށް ވަނީ ވެލާ އަށް ރާއްޖޭގައި ގާނޫނެއްގެ ދަށުން ހިމާޔަތް ލިބިދީފައިވާތީ އެވެ. އެއްވެސް ވައްތަރެއްގެ ވެލައެއް ހިފައި، ގެންގުޅުމާއި ވިޔަފާރީގެ ގޮތުގައި ބޭނުންކުރުން އަދި ބަނޑުފުރުމަށް ބޭނުންކުރުން ވެސް ގާނޫނުގައި އޮތީ ނިކަން ހަރުކަށިކޮށް މަނާކޮށްފަ އެވެ. އަދި މި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ނިކަން ބޮޑެތި އަދަބުތައް ވެސް ކަނޑައެޅިފައިވާ ކަމަށްވެ އެވެ.

"ރަށަށް ވެލައެއް އަރައިފި ނަމަ އެ ވެލައެއް އާންމު ރައްޔިތުންގެ ކިބައަކުން ސަލާމަތެއް ނުވާނެ. އެ ވެލައެއް ހިފަން މީހުން ނުކުންނާނެ،" އާންމުކޮށް ވެލާ އަރާ ރަށެއްގެ ގޮތުގައި އަތޮޅަށް ވެސް މަޝްހޫރުވެފައި އޮތް މާޅޮހުގެ އާންމު ރައްޔިތުން ވެލާ މަހަށް ދެވިހިފާފައިވާ މިންވަރާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޮފިޝަލް ވިދާޅުވީ މިހެންނެވެ.

"ތިކަމުގައި ކުރެވޭނެ ކަމެއް ނެތް. އެއީ އެ މީހުންނަށް އެންމެ މީރު މަސް. އަޅުގަނޑަށް އެނގިފައެއް ނެތް އެ މީހުން ވެލާތައް ހިފައިގެން އެއިން ވިޔަފާރިއެއް ކުރާ ކަމެއް. ހަމަ ކާލަނީ. ބިސް ވެސް ބޯލަނީ."

މި ވާހަކައިގައި ސަމާސާ ރާގެއް ހުއްޓަސް މި މައްސަލަ ވަރަށް ވެސް ސީރިއަސް އެވެ.

އޮފިޝަލް ވިދާޅުވީ އެންމެފަހުން ބަނޑުފަޅާލާފައިވާ ވެލައަކީ ވެސް ބިސް އަޅަން އެރަށަށް އަރައި އޮތްވައި ޒުވާނުންގެ ބަޔަކު ނުކުމެ ހިފި އެއްޗެއް ކަމަށެވެ. އޭނާ ބުނީ ކަންކަމަށް އާންމުން ހޭލުންތެރިނުވަނީކީއެއް ނޫން ކަމަށެވެ.

"މީހުން ހޭލުންތެރިނުވުމުގެ މައްސަލައެއް ނޫން މި އުޅެނީ. އަޅުގަނޑަށް ހީވަނީ މިކަން މަނާކަމެއްގެ ގޮތުގައި އޮންނާތީ ހެން މިވަރަށް ވެލާ މެރުން އާންމުވެފައި މި އޮތީ. އެހެންވީމަ ވެލާ ނެގުމާއި ކެއުން ހުއްދަކޮށްފި ނަމަ ފަހަރެއްގައި މިކަމަށް ހައްލެއް ލިބިދާނެތާ،" އޮފިޝަލް މިހެން ވިދާޅުވީ ސަމާސާރާގެއްގަ އެވެ.

ނަމަވެސް ފެންނަ ފެނުމަށް މާޅޮހުގެ ރައްޔިތުން ތިބީ ވެލާ މަސް ދޫކޮށްލެވޭ ވަރަށް ވުރެ ބޮޑަށް އެއަށް ދެވިހިފައިފަ އެވެ. ވެލާ ބިހާއި މަސް ބޭނުންކޮށްގެން ފާޑުފާޑުގެ ސޫޕާއި ކެއުންތައް ތައްޔާރުކުރުމަކީ ވެސް އާންމުކަމެކެވެ.

އަނެއްކޮޅުން ފާހަގަކޮށްލަން ޖެހޭ ކަމަކީ މިއީ ހަމައެކަނި މާޅޮހުގައި އޮތް މައްސަލައެއް ވެސް ނޫން ކަމެވެ. ވެލާތަކަށް ގާނޫނަކުން ހިމާޔަތް ލިބިދީފައިވިޔަސް މިކަމަށް އިހްތިރާމްކޮށް ވެލާތަކަށް ހަމްދަރުދީވާން ބޭނުންވާ މީހުން މަދީ އެވެ.

މި ލިޔުމުގައި ބޭނުންކޮށްފައިވާ ފޮޓޯތަކަކީ ފޭސްބުކްގައި އާންމުކޮށްފައިވާ ފޮޓޯތަކެކެވެ.

14 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

aharen

This shall not be regarded as an act of whole community but an act of certain ununeducated people

maalhohukanbalei

Mee vaki bayaku kurikamei not all ehemveema emmemmen kuhverikoh article genesdhinumakee zinmaadhaaru noosverikamah elhey hurahei kamugai dheken

lai

Kos babarbareons

zaid

Tourists are coming to Maldives to see this animals if they know people of maldives are eat this no body will come here

Jean

Shame on them... how could they...

ހަނާ

މާޅޮހު މީހުން އެއް ނޫން އެ ކާ މީހުން،

އަހުމަދު

Varah dheravey mihen hadhaathy

އެޑަމްސް

ޚަބަރު ލިޔެފައިވަނީ ވެގިޓޭރިއަންއެއް ކަމަށް ބެލެވޭ. މާތް ﷲ ކެއުމަށް ހަރާމްނުކުރައްވާ އެއްޗެއް، 'ރަހުމްކުޑަގޮތެއްގައި' ފެޅި ކަމަށް ލިޔެފައިވަނީ މަސްފަދަ ތަކެތި ކެއުމަށް ދެކޮޅު ހަދާ މީހުންގެ ލިސްޓްގައި އިސްސަފުގައި އުޅޭތީކަން ޔަޤީން. އިންސާނުން ކެއުމަށް ހަރާމްކުރައްވާފައިވާ މުޅަތަކެތި ކައިގެން، ބޮއިގެން، ވިއްކައިގެނެއް ނޫން މިއުޅެނީއެއް. ދެން މިގޮތައް ހަބަރު ލިޔަން ވެއްޖެއްޔާ ބޮޑުކަންނެލި ފަޅައިގެން، ކައިގެން، ކަނޑުމަސް ފިހެގެން، ގެރިބަކަރި ކައިގެން ހަބަރު ލިޔުނިއްޔާ މާ އައުލާކަން ބޮޑުވާނެ.

ލަދު

ކޮބާ. ރަށު ކައުންސިލް. #FAIL!

ނަތީޖާ ގައިމު

ދިރޭ އެއްޗިއްސައް ރަހުމުކުރަންވާނެ، އެހެންވީމާ އެ ވެލާ ކަތިލައިގެން ތިކުރާ ކަމެއް ކުރިނަމަވެސް ރަނގަޅު. ނަމަވެސް ފޮޓޯެއިިން ފެންނަ މަންޒަރުން ވެލާއަށް އެ ދެވެނީ ވަރަށްބޮޑު އަނިޔާއެއް. އެކަން އެ ގޮތަށް ކުރުން ކުއްވެރި ކުރަން.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910