ތާރީހު

ތާރީހުގެ ތެރެއިން ފަޔަފައިޓިން ތަރައްގީވަމުން އައި ގޮތް

ގަރުނުތަކެއް ވަންދެން އެ މުޖުތަމައެއްގެ ރައްޔިތުންގެ 'ބަކެޓް ބްރިގޭޑުން' އަލިފާނާ ހަނގުރާމަކުރި ދުވަސްވަރުން ފެށިގެން، ސްޓީމް އިންޖީނުތަކާ ހަމައަށް، މިޒަމާނުގައި ފަޔަފައިޓިން ކުރިއަރައިފި އެވެ. އެހާރާއި މިހާރު، އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރަމުން ދިޔަ ހަމައާއި އުސޫލުތައް މުޅިން ބަދަލުވެއްޖެ އެވެ.

އަލިފާން ނިއްވުމަކީ މުޖުތަމައުގެ މެންބަރުން "ބަކެޓް ބްރިގޭޑް" ތަކެއްގެ ސިފައިގައި ނުރަސްމީކޮށް ކުރި ކަމެކެވެ. ސަތާރަވަނަ ގަރުނުގައި ލަކުޑި ފަދަ ފަސޭހައިން އަލިފާން ހިފާ ޒާތުގެ ތަކެތިން އިމާރާތްކުރި ޝަހަރުތައް އިތުރުވުމާއެކު، މިކަމަށް ހައްލެއް ބޭނުންވި އެވެ.

1666 ވަނަ އަހަރުގައި ލަންޑަންގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއަށްފަހު ފުރަތަަމަ ފަހަރަށް ޕަންޕްތައް ތައްޔާރުކުރެވި، ފުރަތަމަ ފަޔަ އިންޝުއަރެންސް ކުންފުނިތައް އުފެދުނެވެ. ކުންފުނީގެ ޕޮލިސީ ހޯލްޑަރުންނަށް އެމީހުންގެ އިމާރާތުގައި ހަރުކުރުމަށް ފަޔަ މާކެއް ދެވުނެވެ.

1736 ވަނަ އަހަރު ބެން ފްރޭންކްލިން ފިލަޑެލްފިޔާގައި އެހީތެރިވެދިން ޔުނިއަން ފަޔަ ކޮމްޕެނީ އަކީ ހުރިހާ ރައްޔިތުންނަށް ހިދުމަތް ދިނުމަށް އުފެއްދި ކުންފުންޏެކެވެ. ދުނިޔޭގެ ފުރަތަމަ މުނިސިޕަލް ފަޔަ ބްރިގޭޑް 1824 ވަނަ އަހަރު ސްކޮޓްލެންޑްގައި އުފެއްދި އެވެ.

1721 ވަނަ އަހަރު އަދި 1725 ވަނަ އަހަރުގައި، އިނގިރޭސިން އީޖާދުކުރި ރިޗަޑް ނިއުޝަމް "އަލިފާން ނިއްވުމަށް ފެން އިންޖީނެއް" އީޖާދު ކުރި އެވެ.

1829 ވަަނަ އަހަރުގައި ފުރަތަމަ ސްޓީމް-ޕަވަ ފަޔަ ޓްރަކް ތަރައްގީކުރެވުނެވެ. 1832 ވަނަ އަހަރުގައި، ނިއު ޔޯކްގައި ފަޔަ ޓްރަކް އެއްތަނުން އަނެއް ތަނަށް އުފުލުމުގައި އަސް ބޭނުންކުރި އެވެ.

1925 ވަނަ އަހަރުގައި ވޭރުގައި، ގެސޮލިން-ޕަވަ ޓްރަކްތައް ބޭނުންކުރަން ފެށުނެވެ. މިއަދު، ފަޔަ ޓްރަކްތައް އެކި ސައިޒުތަކުގައި ލިބެން ހުރެ އެވެ. މިއިން ބައެއް ވެހިކަލްތަކުގެ އަގު އެއް މިލިއަން އެމެރިކާ ޑޮލަރަށް އަރަ އެވެ.

ފަޔަ ފައިޓަރުން އެޑްވާންސް ހެލްމެޓްތަކާއި، ނޭވާލުމަށް ބޭނުންކުރާ ސާމާނާއި، އަލިފާނުން ރައްކާތެރިވާ ހެދުންތައް ބޭނުންކުރި އެވެ. ތާމަލް ކެމެރާތަކާއި މަތިންދާބޯޓުތައްވެސް އަލިފާން ކޮންޓްރޯލް ކުރުމަށް ބޭނުންކުރެވެ އެވެ.

ލޮސް އެންޖެލެސް ފަޔަ ޑިޕާޓްމަންޓްގެ ބެޓަލިއަން ކޮމާންޑަރު މާޓިން މަލެން ވިދާޅުވާ ގޮތުގައި ގޭގެ އިމާރާތްކުރުމުގައި އައިސްފައިވާ ބަދަލުތަކުން އަލިފާން ކޮންޓްރޯލްކުރަން ފަސޭހަވެފައިވެ އެވެ. ނަމަވެސް ޒަމާނީ ބޮޑެތި ގެތަކުގައި ގިނަ އަލިފާން ހިފާ މާއްދާތައް ހުންނާތީ އާ ގޮންޖެހުންތަކެއް އުފެދިފައިވާކަންވެސް ފާހަގަކުރަންޖެހެ އެވެ.

ތާރީހުގައި އަލިފާނުގެ ހާދިސާތައް ހިނގައި ޝަހަރުތައް އެކީ އަނދައި އަޅިއަށްވެފައި އެބަހުއްޓެވެ. މިސާލަކަށް ބަލާނަމަ ލަންޑަން 1666، ޝިކާގޯ 1871، ސަން ފްރެންސިސްކޯ 1906 މިކަމުގެ މިސާލަކަށް ފުދެ އެވެ. ހަރުދަނާ ބިލްޑިން ކޯޑްތަކާއި ފަޔަ ފައިޓިން ޓެކްނިކުތަކުން މިފަދަ ބޮޑެތި އަލިފާނާ ދުރުކޮށްދެ އެވެ. އެހެންނަމަވެސް 1991 ވަނަ އަހަރުގައި އޯކްލެންޑްގައި ހިނގި އަލިފާނުގެ ހާދިސާއިން އާ ޒަމާނެއް ފެށުނެވެ.

މިދިޔަ އަހަރާއި މިއަހަރުގެ ތެރޭގަައި ލޮސް އެންޖެލެސް އިން ފެނުނު އަލިފާނުގެ ހާދިސާއާއި 2023 ވަނަ އަހަރުގައި މައުއީގައި އަދި 2024 ވަަނ އަހަރުގައި ޖާސްޕަރގައި ފެނުނު މަންޒަރުތައް ވަރަށް އެއްގޮތެވެ.

މޫސުމަށް އަންނަ ބަދަލުތަކުން އަލިފާން ހިފާ ރަށްފުށުތެރޭގެ ސަރަހައްދުތަކުގައި ކުރިއާ ހިލާފަށް އަލިފާން ހިފަ އެވެ. ގޮންޖެހުމަކީ އިތުރުވަމުންދާ ހޫނު، ހިކި އަނަރޫފަ ދުވަސްވަރުގައި އަލިފާން ފަސޭހައިން ފެތުރިގަންނާތީ އެވެ.