ހަބަރު

އިންޑިއާ ޓީމާ ދެކޮޅަށް ރައީސް ކްރިކެޓް ކުޅުއްވައިފި

Feb 15, 2019
2

ރާއްޖެއާއި އިންޑިޔާއާ ކުޅޭ އެކުވެރިކަމުގެ ކްރިކެޓް މެޗުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފިއެވެ. މި މެޗު ކުޅެފައިވަނީ ކުޅިވަރު އެކުވެނިގައެވެ.

މި މެޗަކީ އިންޑިޔާ މޯލްޑިވްސް ފްރެންޑްޝިޕް ކްރިކެޓް ސީރީޒް 2019 ގެ ތެރޭގައި ހިމެނިގެން ކުޅުނު މެޗެކެވެ.

މި މެޗުގައި ރާއްޖޭގެ ޓީމުގައި ރައީސްގެ އިތުރުން ރައީސްގެ ނައިބު ފައިސަލް ނަސީމު ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

މިއަދު ހެނދުނު އިންޑިއާ ޓީމު ވަނީ ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމާއެކު ވެސް މެޗެއް ކުޅެފަ އެވެ. މާލޭގެ ކްރިކެޓް ދަނޑުގައި ރާއްޖެއާ ދެކޮޅަށް ކުޅުނު އިންޑިއާގެ ޓީމުގައި ވޯލްޑްކަޕު ހޯދާފައިވާ، ޔުވުރާޖް ސިންހްގެ އިތުރުން، ވޯލްޑްކަޕުގައި ކުޅެފައިވާ ފަސް ކުޅުންތެރިން ހިމެނެ އެވެ.