ހަބަރު

ބްރިޖު މަތިން ފުންމާލީ މަރުވާކަށް ނޫން، ދެ މީހަކު ވާދައަށް!

Feb 22, 2019
16

ސިނަމާލެ ބުރިޖުމަތިން މިއަދު ކަނޑަށް ފުންމާލީ ފަތާފައި މާލެ އެރުމަށް ދެ ރައްޓެއްސަކު ވާދައަށް ކަން "އަވަސް" އަށް އެނގިއްޖެ އެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ބްރިޖު މެދެއްހާ ހިސާބުގައި ކަނޑުގައި އޮތް މީހަކު ފުލުހުން ވަނީ ސަލާމަތްކޮށްފަ އެވެ. މަންޒަރު ދުށް މީހުން ބުނީ އޭނާ ބްރިޖުގެ މަތިން ފުންމާލީ ކަމަށެވެ.

ނަމަވެސް "އަވަސް"އަށް ކަށަވަރުވެފައިވާ ގޮތުގައި އެކަން ހިނގީ ދެ ރައްޓެއްސަކު ދެމެދު ބެޓަކުންނެވެ. އެގޮތުން ބްރިޖު މަތިން ފުންމާލައިގެން ފަތާފައި އެންމެ ފުރަތަމަ މާލެ އެރޭ މީހެއް ބެލުމަށް ބެޓު ކުރުމަށް ފަހު ދެ މީހުން ވެސް ބްރިޖު މަތިން ފުންމާލި އެވެ. ނަމަވެސް އެކަކު ފުންމާލި ގޮތަށް ކޮނޑު ހުޅު ބިނދި އޭނާ އޮޔާ ބްރިޖު އަޑިޔަށް ދަމައިގަތީ އެވެ. އެހެންވެ ދެވަނައަށް ފުންމާލި މީހާ އަވަހަށް އެއްގަމަށް އެރުމަށް ފަހު ފުލުހުންނަށް ރިޕޯޓު ކުރި އެވެ. އެއަށް ފަހު ފުލުހުން އައިސް އޭނާ ސަލާމަތް ކުރި އެވެ.

ބްރިޖު މަތިން މީހަކު ފުންމާލި ހާދިސާއެއް ހިނގި މިއީ ފުރަތަމަ ފަހަރެވެ.