ހަބަރު

ގިނަ އަދަދެއްގެ ޑްރަގާއި ބަނގުރަލާ އެކު ތިން މީހަކާ ކުޑަކުއްޖަކު ހައްޔަރުކޮށްފި

ހުޅުމާލޭ ފްލެޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާ އެކު ތިން މީހަކާ ކުޑަކުއްޖަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ފެލްޓް ބަލައި ފާސް ކުރިއިރު އެ ހަތަރު މީހުން ތިބި ކޮޓަރީގެ ތެރެއިން ފަސް ބަނގުރާ ފުޅި އާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 236 ސެލޯފިންކޮޅުގެ އިތުރުން މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ އާލާތްތައް ވެސް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހުން އަތުލައިގަތީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމަތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ މައްސަލައިގައި ހައްޔަރުކުރީ 16 އަހަރުގެ ފިރިހެން ކުއްޖަކާ 23 އަހަރުގެ ފިރިހެނަކާ 19 އަހަރުގެ ދެ ފިރިހެނުންނެވެ.

ވަކި އަދަދަށް ވުރެ ގިނައިން މަސްތުވާތަކެތި ގެންގުޅުމަކީ އުމުރަށް ޖަލަށްލުމާ އެކު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ކުށެކެވެ.