ހަބަރު

ބޭރު މަސްބޯޓެއްގައި އަނިޔާވި ދެމީހަކަށް ހިތަދޫގައި ފަރުވާދެނީ

ބޭރުގެ މަސްބޯޓެއްގައި ހިނގި މާރާމާރީއެއްގައި އަނިޔާވި ދެ މީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ، އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އެ ހާދިސާ ހިނގިއިރު މަސްބޯޓް އޮތީ ރާއްޖެއާ 760 މޭލު ބޭރުގައި ކަމަށެވެ. އެމެޖެންސީ ފަރުވާއަށް ކަމާ ގުޅުންހުރި އިދާރާތަކުން ހުއްދަ ނަގައިގެން އެމްއެންޑީއެފްގެ ކޯސްްޓްގާޑްގެ ލޯންޗު، ބޯޓް އޮތް ސަރަހައްދަށް ގޮސް ދެ މީހުން އައްޑޫ ސިޓީއަށް ގެނެސްފައިވާ ކަމަށެވެ.

މާރާމާރީގައި އަނިޔާ ލިބުނު ދެ މީހުން އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިރޭ 7:35 އެހާއިރު އެވެ.

އެމްއެންޑީއެފުން ބުނީ، އަނިޔާ ލިބިފައިވަނީ އިންޑޮނޭޝިއާ ދެ މީހުން ކަމަށެވެ. ނަމަވެސް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ސާފެއްނުވެ އެވެ.