ހަބަރު

ތިން ގައުމެއްގެ ސަފީރުންނަށް މަޖިލީހުން ރުހުން ދީފި

Feb 26, 2019

ތިން ގައުމެއްގެ ސަފީރުކަމަށް އައްޔަން ކުރެއްވި ބޭފުޅުންނަށް ރައްޔިތުން މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ވަނީ ކިންޑޮމް އޮފް ތައިލެންޑަށް ކަނޑައަޅުއްވާ ސަފީރު ކަމަށް މުހައްމަދު ޖިނާހު އާއި ސައުދީ އަރަބިއްޔާއަށް ކަނޑައަަޅުއްވާ ސަފީރު ކަމަށް މުހައްމަދު ހަލީލް އަދި ޕީޕަލްސް ރިޕަބްލިކް އޮފް ޗަައިނާއަށް ކަނޑައަޅުއްވާ ސަފީރަކަށް އައިޝަތު އަޒީމާއަށް ރުހުން ދިނުމަށް ވޯޓަށް އަހައިފަ އެވެ.

ތިން ފަރާތަށް ވެސް ވޯޓު ދިނުމަށް ހުޅުވާލުމުން ވޯޓުގައި ބައިވެރިވި 36 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައިވާ ގޮތުން ސަފީރު ކަމަށް މެންބަރުން އައްޔަން ކުރަން ޖެހޭނީ އެ ފަރާތްތަކަށް މަޖިލީހުގެ ރުހުން ލިބިގެނެވެ.