ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ސިންގަޕޫރަށް ކުރައްވަނީ ނުރަސްމީ ދަތުރުފުޅެކެވެ. ދަތުރުފުޅުގެ ތަފްސީލެއް ނުދެއްވަ އެވެ.
މީގެކުރިން ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސްރީލަންކާއަށް ވެސް ވަޑައިގެންނެވި އެވެ.
ރައީސް ކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރަސްމީ ފުރަތަމަ ދަތުރުފުޅު ރައީސް ކުރެއްވީ އިންޑިއާއަށެވެ. އެއަށްފަހު އެމަނިކުފާނު ޔޫއޭއީ އާއި ލަންކާއަށް ވެސް ވަނީ ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ.