ވިޔަފާރި

ޕެރަމޯޓާ އިވެންޓްގެ ލީޑް ސްޕޮންސަރަށް ދިރާގު

Mar 2, 2019

މޯލްޑިވްސް ޕެރަމޯޓާ އިވެންޓުގެ ލީޑް ސްޕޮންސަރަކަށް ދިވެހި ރާއްޖޭގެ ޕްރައިވެޓް ލިމިޓެޑް (ދިރާގު) ހަމަޖައްސައިފި އެވެ.

"ސްކައި ގައިސް" އިން އިންތިޒާމު ކުރާ މި އިވެންޓް ބާއްވަނީ ރާއްޖޭގެ އުތުރުން ދެކުނަށެވެ.

ވައި ކުޑައެއްގައި ކުޑަ އިންޖީނެއް ހަރުކޮށްފައި ހުންނަ އުޅަނދެއްގައި މީހަކު އުދުހޭ ގޮތަށް ކުރިއަށް ގެންދާ މި ހަރަކާތުގެ ބޭނުމަކީ ތިމާވެށީގެ މައްސަލަތަކަށް އާއްމުން ހޭލުންތެރި ކުރުވުމެވެ. މީގެ އިތުރުން މި ހަރަކާތުގެ ސަބަބުން ޓޫރިޒަމް ޕްރޮމޯޓް ވެސް ވެގެންދާނެ އެވެ.

މި ހަރަކާތުގައި 24 ރަށެއްގައި މަޑު ކުރާނެ އެވެ.

ދިރާގުން ދަނީ އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކަށް އާންމުން ހޭލުންތެރި ކުރުވަން "ފޯ ދި އޯޝަން" ގެ ނަމުގައި ހާއްސަ ހަރަކާތެއް ވެސް ހިންގަމުންނެވެ.