ވިޔަފާރި

މާކެޓު ކުރުމުގެ ހުނަރު ދަސްކޮށްދޭން "މާކެޓާސް ފޯރަމް" ބާއްވައިފި

Mar 3, 2019

އުފެއްދުންތަކާއި ހިދުމަތްތައް މާކެޓް ކުރުމާއި ވިއްކުމުގެ ހުނަރު ދަސްކޮށް ދޭން ހާއްސަ ފޯރަމެއް ބާއްވައިފި އެވެ.

ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީ (ސީއެމްއޭ) އިން އިންތިޒާމުކޮށްގެން މޯލްޑިވްސް މާކެޓާސް ފޯރަމްގައި ސޭލް އެންޑް މާކެޓިން ދާއިރާގައި ހަރަކާތްތެރިވާ 200 މީހުން ބައިވެރިވެފައިވެ އެވެ. ފޯރަމް ހުޅުވައި ދެއްވުމުގެ ގޮތުން ޝަރަފުވެރި މެހުމާނެއްގެ ގޮތުން ބައިވެރިވަޑައިގަތީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.

ސެޝަންތަކެއްގެ ގޮތުގައި ތަޖުރިބާކާރުންގެ ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލްގައި ކުރިއަށްގެންދިޔަ މި ފޯރަމްގައި ބޭރުގެ ފަރާތްތަކުގެ އިތުރުން ރާއްޖޭގައި މި ދާއިރާގައި ފުންނާބު އުސް ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވެ އެވެ.

މި އަހަރުގެ ފޯރަމްގައި މައުލޫމާތު ދިން ދާއިރާތަކުގެ ތެރޭގައި ކުރިއަރަމުން އަންނަ އީ- ކޮމާސް އާއި އޮންލައިން ވިޔަފާރި މާކެޓުން ކުރުން ހިމެނެ އެވެ. މިއީ މާކެޓާސް ފޯރަމް މިއީ ބޭއްވި ދެވަނަ އަހަރެވެ.