ބޭރު ކުޅިވަރު

ކޮޕާ އެމެރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ގަބޫލުކުރަން މެސީ ދެކޮޅު ހަދައިފި

Jul 6, 2015

މި އެވޯޑް ދަނޑުގައި ތައްޔާރުކުރި ސްޓޭޖަށް ވެސް ގެންދިޔަ އެވެ. ނަމަވެސް ފަހުން ގެންދިޔައީ އެވެ.

މޮޅު ކުޅުންތެރިޔާގެ މަގާމު މެސީ ގަބޫލުނުކުރުމުން އެ އެވޯޑް އެހެން ކުޅުންތެރިއަކަށް ދީފައިނުވެ އެވެ. މެސީ މި ފަހަރުގެ އެވޯޑާ ހަވާލުމިނުވީ ހުސްވި އަހަރުގެ ވޯލްޑް ކަޕް ފައިނަލުންގައި އާޖެންޓީނާ ބަލިވެފައިވަނިކޮށް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާ އަށް ލިބުމުން ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށެވެ. ހުދު ފީފާގެ ރައީސް ސެޕް ބްލެޓާ ވެސް ވަނީ ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ބަލައި މެސީ ސްޓޭޖަށް ދިއުމުން އޭނާ ވެސް ހައިރާންވި ކަމަށެވެ.

މި ފަހަރުގެ ކޮޕާ އެމެރިކާގައި މެސީ އަށް ޖެހުނީ ވެސް އެންމެ ގޯލެކެވެ. ނަމަވެސް ފައިނަލް މެޗުގައި ނަތިޖާ ނެރެން ޖެހި ޕެނަލްޓީތަކުގެ ތެރެއިން އާޖެންޓީނާއިން ޕެނަލްޓީ ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިއަކީ ވެސް އޭނާ އެވެ. އެކަމަކު ބާސެލޯނާގައި ދައްކާ މޮޅު ކުޅުން ގައުމި ޖާޒީ ނުދެއްކޭ ކަމުގެ ވާހަކަތައް އަނެއްކާ ވެސް ވަނީ ފެންމަތިވެފަ އެވެ.

ކޮޕާ އެމެރިކާގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ދީފައިވަނީ މެސީއާއެކު ބާސެލޯނާ އަށް ކުޅޭ ޗިލީގެ ކީޕަރު ކްލައުޑިއޯ ބްރާވޯ އަށެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިއަކީ ކޮލަމްބިއާގެ ހެއިސަން މުރީއްލޯ އެވެ. ފެއާ ޕްލޭ ޓީމަކީ ޕްރޫ އެވެ.

ރަންބޫޓު ހޯދީ ޗިލީގެ އެޑުއާޑޯ ވާގަސް އާއި ޕެރީގެ ޕައުލޯ އެވެ.