ވިޔަފާރި

ސެމްސަންގްގެ ފަހުގެ ފޯނު ދިރާގުން ތައާރަފްކޮށްފި

Mar 6, 2019
2

ދިރާގުން ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ސެމްސަންގްގެ ފަހުގެ ފޯނު ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

ދިރާގުގެ ހެޑް އޮފީހުގައި ކުރިއަށް ގެންދިޔަ ކުލަގަދަ ރަސްމިއްޔާތެއްގައި މި ފޯނު ތައާރަފު ކޮށްދެއްވީ ސެމްސަންގް ކުންފުނީގެ މި ސަރަހައްދުގެ އިސް އޮފިޝަލުންނާއި ދިރާގުގެ ސީނިއަ ބައެއް ބޭފުޅުންނެވެ. މި ރަސްމިއްޔާތުގައި ދިޔަ މީހުންގެ މެދުގައި ގުރުއަތެއް ނަގައި ފޯނެއް ވެސް ދީފައިވެ އެވެ.

ދިރާގުން ވަނީ ސެމްސަންގެ ފަހުގެ މި ފޯނު ނަގާ ދިރާގު ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށް ލިބޭނެ ގޮތް ހަމަޖައްސައިދީފަ އެވެ.

ސެމްސަންގެ ފަހުގެ ފޯނު، ގެލެކްސީ އެސް 10 އަދި އެސް 10 ޕްލަސް އަކީ ސެމްސަން ގެލެކްސީ ސީރީޒްގެ 10 ވަނަ އަހަރީ ފޯންކަމަށްވާއިރު، ސެމްސަންގް އެސް 10 ޕްލަސްގައި ޖުމްލް 5 ކެމެރާ (2 ފްރަންޓް ކެމެރާ، 3 ބެކް ކެމެރާ)، އޮން ސްކްރީން ފިންގަ ޕްރިންޓް އަދި ވަޔަލެސް ޕަވާ ޝެއަރިން، އަދި ވެސް އިތުރު އިނޮވޭޓިވް ފީޗާސްތައް ހިމެނެ އެވެ.