އެންމެ މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ރާއްޖޭގައި ދިނުމަށް ހުޅުމާލޭގައި ގާއިމްކުރި ޓްރީޓޮޕް ހޮސްޕިޓަލަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ވެލްނެސް ކޭޕްގެ ނަމުގައި ހިލޭ ޑޮކްޓަރުންނަށް ދެއްކޭ ކޭމްޕެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
ޓްރީޓޮޕް އިން ބުނީ، އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ވެލްނެސް ކޭމްޕްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން އިރުއޮއްސި 6:00 އަށް ކަމަށެވެ.
އެ ޕްރޮގްރާމްގެ ދަށުން ތަފާތު ތަޖުރިބާކާރު ޑޮކްޓަރުންނަށް ހިލޭ ދެއްކޭނެ އެވެ. އެގޮތުން ކަށީގެ ޑޮކްޓަރުންނާއި އަންހެނުންގެ ޑޮކްޓަރުންނާއި ޖެނެރަލް ސާޖަރީ ޑޮކްޓަރުންނަށާއި އެތެރެ ހަށީގެ ޑޮކްޓަރުންނަށް ދެއްކޭނެ ކަމަށެވެ. އަދި ކުޑަކުދިންގެ ޑޮކްޓަރުންނަށާއި ހަމުގެ ޑޮކްޓަރުންނާއި ކިޑްނީގެ ޑޮކްޓަރުންނަށާއި ކުޑަކަމުދާ ނިޒާމުގެ ޑޮކްޓަރުންގެ އިތުރުން ޕްލާސްޓިކް ސާޖަރީގެ ހާއްސަ ޑޮކްޓަރުންނަށްވެސް ކޭޕްގެ ދަށުން ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޓްރީޓޮޕް ހޮސްޕިޓަލް އިން ބުންޏެވެ.
ޓްރީޓޮޕުން ބުނީ، ވެލްނެސް ކޭމްޕްގައި ބައިވެރިވާ ފަރާތްތަކަށް ފޮލޯއަޕް ކޮންސަލްޓޭޝަނެއް ހަދަން ބޭނުންވެއްޖެނަމަ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ދެހަފްތާ ތެރޭގައި ހިލޭ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ކަނޑައެޅިފައިވާ ލެބޯޓްރީ އާއި ރޭޑިއޮލޮޖީ ޓެސްޓްތަކުން 10 ޕަސެންޓް ޑިސްކައުންޓްވެސް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ވެލްނެސް ޓުގެދާގެ ނަމުގައި ކެއާ ޕެކޭޖްތަކެއް މިމަހުގެ 31ގެ ނިޔަލަށް އަންހެނުންނަށާއި ފިރިހެނުންނަށް ހެޔޮ އަގުތަކެއްގައި ފޯރުކޮށްދޭނެ ކަމަށެވެ. އެޕެކޭޖްގެ ތެރޭގައި ފިޒިކަލް އެޑްމިނިސްޓްރޭޝަން ލެބޯޓްރީގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. ޕެކޭޖްގެ އަގުތަކަކީ 40 އަހަރުން ދަށުގެ ބޭފުޅުންނަށް 1000 ރުފިޔާ އަދި 40 އަހަރުން މަތީގެ ބޭފުޅުންނަށް 1500 ރުފިޔާ ކަމަށްވެސް އެހޮސްޕިޓަލުން ބުންޏެވެ.
ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ އެއްވަނަ ދުވަހު އެވެ. އެހޮސްޕިޓަލަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި އެހޮސްޕިޓަލްގެ ޑައިރެކްޓަރު އާދަމް ސަލީމް ވިދާޅުވީ ސިއްހީ ހިދުމަތް ދިނުމުގައި އަސްލު ކާމިޔާބީއަކީ ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދާ އެންމެހާ ބޭފުޅުންނަށް އިތުބާރުކުރެވޭ ހިދުމަތްތަކެއް ހެޔޮގޮތުގައި ފޯރުކޮށްދިނުން ކަމަށެވެ. އަމާޒުވެ އަޅުގަޙިދުމަތްތަކެއް ހެޔޮގޮތުގައި ފޯރުކޮށްދިނުމަށް އަމާޒުވެ އަޅުގަ ނޑުމެން ދެމިތިބުމެވެ. އަދި ޓްރީޓޮޕްގެ ހިދުމަތްތަކުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.