ހަބަރު

ބައިކް މޯލްޑިވްސް ޖަފްނާ ޓްއާއަށް

Mar 6, 2019

ބައިކް މޯލްޑިވްސް އިން ސްރީލަންކާގައި އޮންނަ ބައިކް ޓްއާއެއްގައި ބައިވެރިވުމަށް އެ ގައުމަށް ފުރައިފި އެވެ.

ބައިކް މޯލްޑިވްސް އިން ބުނީ މާދަމާ ފަށާ "ބައިކް މޯލްޑިވްސް ޖަފްނާ ޓްއާ" ގައި އެ ޖަމިއްޔާގެ 15 މެންބަރުން ބައިވެރިވާ ކަމަށެވެ.

އެ ޖަމިއްޔާ އިން ވޭތުވެދިޔަ ތިން އަހަރު ވެސް މި ފަދަ ޓުއާއެއްގައި ބައިވެރިވިއިރު މިއަހަރު 15 މީހުން ބައިވެރިވެފައިވެ އެވެ.

ޖަފްނާ ޓްއާ ރޭވިފައިވާ ގޮތް

  • ފުރަތަމަ ދުވަސް: ނެގަމްބޯއިން ކުރުނޭގަލައަށް
  • ދެވަނަ ދުވަސް: ކުރުނޭގަލައިން ދަންބުލާއަށް
  • ތިންވަނަ ދުވަސް: ދަންބުލާ އިން އަނޫރާދަޕޫރާ އަށް
  • ފަސްވަނަ ދުވަސް: ކިލިނޯޗީއިން ޖަފްނާނެ ޕޮއިންޓް ޕެޑްރޯއަށް

މި ދަތުރުގައި ބައިކް މޯލްޑިވްސްގެ ބައިވެރިން ބައިސްކަލުގައި ދަތުރު ކުރާނީ ނެގަމްބޯއިން ޖަފްނާ އަށެވެ. މި ދަތުރުގައި ހަތަރު ދުވަސް ހޭދަވާއިރު، ދަތުރުގެ ދިގު މިނަކީ ގާތްގަނޑަކަށް 80 ކިލޯ މީޓަރެވެ.