ހަބަރު

ބައިކް މޯލްޑިވްސް އިވެންޓްގައި ރައީސްގެ ދެކަނބަކުން ބައިވެރިވެވަޑައިގެންފި

Apr 27, 2019

ބައިކް މޯލްޑިވްސްއިން އިންތިޒާމުކުރި ދެވަނަ އިންޓަސްކޫލް ބައިސްކަލް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަަހުމަދު، ބައިވެރިވެވަޑައިގެންފި އެވެ.

މި ރަސްމިއްޔާތު އޮތީ ހުޅުމާލޭ ރޭސިން ޓްރެކްގަ އެވެ.

ރައީސް އޮފީހުން ބުނީ ބައިކް މޯލްޑިވްސްގެ ދެވަނަ އިންޓަސްކޫލް ބައިސިކަލް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ކުރިއަށްދިޔަ 12 އަހަރުން ދަށުގެ ފަންރައިޑްގެ ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މެޑަލް ހަވާލު ކޮށްދެއްވާފައިވާ ކަމަށެވެ.