ފަޒްނާ އަހުމަދު

ނަފްސާނީ ބައްޔާމެދު ދެކޭ ގޮތް ބަދަލުކުރަން ޖެހޭ

ނަފްސާނީ ބައްޔާމެދު މީހުން ދެކޭގޮތް ބަދަލު ކުރަން ޖެހޭކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަސްޓްލޭޑީ ފަޒްނާ އަހްމަދް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހުގެ ރިޔާސީ ވައުދަތުކުގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮ މުޖްތަމައެއް ބިނާ ކުރަން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތުގެ ދަށުން މިއަދު ފެށި "ނަފްސާނީ ދުޅަހެޔޮ ރާއްޖެ" ރަސްމިއްޔާތުގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެޑައިގެން ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، ނަފްސާނީ ބަލިމަޑުން ހުންނަށް ފަރާތްތަކަށް އެމީހުނަށް އެ ބަލި ޖެހިފައިވާ ކަން ނޭނގޭ ކަމަށެވެ. އެގުނު ނަމަވެސް އެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

ނަފްސާނީ ބައްޔެއް ހުރުމަކީ، ލަދުވެތި އަދި ތިމާ ކުށުން ދިމާވި ސަބަބެއް ކަމަށް ފެނި ޖެހޭ ލައްގައްޑެއްގެ ސަބަބުންވާކަމެއް އެފަދަ ފަރާތަކަށް ހީވާކަމަށް ވެސް ފަޒްނާ ވިދާޅުވި އެވެ. އެކަމަނާ ވިދާޅުވީ ނަފްސާނީ ބަލިމަޑުކަމުގެ ސަބަބުން އެމީހެއްގެ އާއިލާއަށާއި ރައްޓެހިންނަށް ވެސް އޭގެ އަސަރު ކުރާއިރު، ނަފްސާނީ ބަލިމަޑުކަމަކީ އަޅައިނުލައި ދޫކޮށްލެވޭ ވަރަށް ވުރެ ބޮޑަށް އިސަކަންދޭން ޖެހޭ ކަމެއް ކަމަށެވެ.

ނަފްސާނީ ބަލިމަޑު ކަމަކީ ހަމައެކަނި ސިއްހީ މައްސަލަ އެއް ނޫން ކަމަށާއި ނަފްސާނީ ބަލިމަޑުކަމުގެ ސަބަބުން ގައުމުގެ އިގްތިސޯދާއި، އުފެންދުންތެރިކަން ދަށްވާ ކަމަށާއި އެހެންކަމުން ނަފްސާނީ ބަލިމަޑުކަމާއި ބެހޭގޮތުން ގައުމީ ފެންވަރުގައި ކޮންމެހެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ފަސްޓްލޭޑީ ވިދާޅުވި އެވެ.