ބައިކް މޯލްޑިވްސް

ހޮނިހިރު ދުވަހު ކުޑަކުދިންގެ ބައިސްކަލް ޓުއާއެއް

ބައިކް މޯލްޑިވްސް އިން ކުޑަކުދިންނަށް ހާއްސަ ބައިކް ޓުއާއެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ. މި ޓުއާ އޮންނާނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގަ އެވެ.

ޓްއާގައި 7 އަަހަރާއި 16 އަހަރުގެ ކުދިންނަށް ބައިވެރި ކުރެވެއެވެ. ބައިކްމޯލްޑިވްސް އިން ބުނީ ބާއްވަމުން އަންތާ ތިން އަހަރުވެފައިވާ ޓުއާއަކީ ކުދީން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހަރަކާތްތެރި ވެދޭން ބާއްވާ ޓްއާއެއް ކަމަށެވެ.

ބައިކް މޯލްޑިވްސްގެ އޮފިޝަލަކު ވިދާޅުވީ މި ޓުއާގެ ޕްރޮގްރާމް ރާވާފައިވާ ގޮތުން އޯގަސްޓް މަހުގެ ތިންވަނަ ދުވަހުގެ ފަތިހު 5:45 ގައި ވިލިމާލެފެރީ ޓާމިނަލް ކައިރިން ޓްއާ ފަށައި ނިންމާލާނީ ހަވީރު 5:45 ހުޅުމާލެއިންނެވެ. މިފަހަރުގެ ޓުއާރގައި 50 ކުދިންނަށް ފުުރުސަތު ދޭނެ އެވެ.