ހަބަރު

ޝޯން ޕޯލްއަށް އިންޒާރު ދިން ވީޑިއޯ ހެދި ކަމަށް ބުނާ ގެއެއް ފާސްކޮށްފި

Dec 29, 2014

"ޓޫރިސްޓް އެރައިވަލް ކައުންޓް ޑައުން" އަށް ރާއްޖެ އައުމަށް ތައްޔާރުވަމުން އައި މަޝްހޫރު ރެގޭ ލަވަކިޔުންތެރިޔާ ޝޯން ޕޯލް އަށް މަރުގެ އިންޒާރު ދިން ވީޑިއޯގެ މަސައްކަތް ކުރި ކަމަށް ތުހުމަތުވާ ގެއެއް ފުލުހުން ބަލައި ފާސްކޮށްފި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި އެގެއަށް ފުލުހުން ވަދެ ބަލައި ފާސްކުރީ ކްރިމިނަލް ކޯޓުގެ އަމުރަކާއެކު އެވެ. އެހެން ނަމަވެސް ކޯޓުން ވެސް އަދި ފުލުހުން ވެސް އެކަން ކަށަވަރުކޮށެއް ނުދެ އެވެ. އެގެއިން މީހަކު ހައްޔަރު ކުރި ކަމެއް ވެސް އަދި ސާފެއް ނުވެއެވެ.