މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

ހައްޖު ކޯޕަރޭޝަންގެ ޗެެއާމަންކަމަށް ބޭފުޅަކު އައްޔަންކޮށްފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށް މިއަދު މުހައްމަދު ކިނާންއަތް ހަމަޖައްސައިފި އެވެ. އޭނާ މިމަގާމަށް އައްޔަން ކުރީ ޕްރައިވަޓިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުންނެވެ.

މުހައްމަދު ކިނާންއަތު އަކީ މީގެ ކުރިން ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންގެ ޓެކްނޮލޮޖީގެ ޑީންގެ މަގާމުގެ އިތުރުން ވިލާ ކޮލެޖުގެ ޑައިރެކްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ގައުމީ ޔުނިވާސިޓީގައި މަސައްކަތް ކުރުމުގެ އިތުރުން ރައީސް އޮފީހުގައިވެސް އެބޭފުޅާ ވަނީ މަސައްކަތް ކުރައްވައިފަ އެވެ.

ހައްޖު ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށް އައްޔަން ކުރި މުހައްމަދު ކިނާންއަތް އަކީ ނިއުޒިލޭންޑުގެ، ވިކްޓޯރިއާ ޔުނިވާސިޓީން ޕީއެޗްޑީ ހައްދަވާފައިވާ ބޭފުޅެކެވެ.