ހަބަރު

އިންޑިއާގެ ތިން މީހަކު ގެނބެނިކޮށް ސަލާމަތްކޮށްފި

Mar 8, 2019

ކ. މާފުށީ ގެސްޓް ހައުސްއެއްގައި އިންޑިޔާގެ ތިން ފަތުރުވެރިއަކު ގެނބިގެން ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ މިއަދު އިންޑިޔާގެ ތިން ފަތުރުވެރިއަކު ގެނބިގެން އުޅޭ ކަމަށް މިއަދު ހަވީރު 3:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން އެ ސަރަހައްދަށް ދިޔަ އިރު އާންމުންގެ އެހީތެރިކަމާއެކު އެ މީހުން ސަލާމަތްކޮށްފައިވާ ކަމަށާއި އެ މީހުން މާފުށީ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.