މާފުށި

މާފުށިގައި ގެނބުނު މީހަކަށް ފަރުވާ ދެނިކޮށް މަރުވެއްޖެ

މާފުށިގައި މޫދަށް އެރިގެން އުޅެނިކޮށް ގެނބުނު މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މާފުށި އެކްޓިވް ވޯޓާ ސްޕޯޓްސް އޭރިއާ ދިމާ ނެރުމަތީގައި މީހަކު ގެނބިފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 10:25 ހާއިރު އެވެ.

އެ މީހާއަށް ފަރުވާ ދިނުމަށް މާފުށި ހެލްތު ސެންޓަރަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ޑޮކްޓަރާ ހަވާލާދީ ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މަރުވި މީހާއަކީ ކޮން ގައުމެއްގެ މީހެއް ކަމެއްވެސް އަދި އެ މީހާގެ އާންމު އެއްވެސް މައުލޫމާތެއްވެސް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.